25 އޯގަސްޓް 2025 - 18:25

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައިވާ އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ، އެ ތަނުން މަރުވެފައިވާ މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް އަޅަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ.
އޭގެ ފަހުން އެތަނުގައި ބައެއް އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ފެށުމަށް ފަހު، މުޅި މަޝްރޫއު ހުއްޓިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.
އެ ތަނުގައި އަޅާފައިވާ ހުރި ބައެއް ތަންތަން ވީރާނާވެ، ހަލާކުވެފަ އެވެ.
ފަޅަށް ހުންނަ އެ އިމާރާތްތައް ގޭންގުތަކުން "އައްޑާ"އަކަށް ހަދައިގެން ބޭނުންކުރަމުންދާކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.