ޕަރީ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި
ޕަރީ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި

ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާ އަލަތު ދަރިފުޅަށް ބަލިވެއިންކަން މިއަދު އިއުލާންކޮށްފި އެވެ.

ޕަރީ އާއި އޭނާގެ ފިރިމީހާ އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރާގަވް ޗައްޑާއަށް ކުއްޖަކު ލިބޭކަން އިއުލާންކުރީ އިންސްޓަގްރާމްގައި އެ ދެމަފިރިން މިއަދު ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ވަނީ "1+1=3" ލިޔެފައި، ކުޑަކުއްޖެއްގެ ފައިތިލަ ކުރަހާފައިވާ ކޭކެއްގެ ފޮޓޯއެއް ހިމަނައިފަ އެވެ. އަދި ޕަރީ އާއި ރާގަވް ޕާކެއްގައި ހިނގާފައި ދާ ވީޑިއޯއެއް ވެސް އެ ޕޯސްޓުގައި ހިމަނާފައިވެ އެވެ.

"އަވާ ލިސްޓުލް ޔުނިވާސް... އޮން އިޓްސް ވޭ،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

މިއީ އެ ދެމަފިރިންނަށް ލިބުނު ވަރަށް ބޮޑު ނިއުމަތެއް ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.

ރާގަވް އާއި ޕަރީ ކައިވެނި ކުރީ ސެޕްޓެމްބަރު 24، 2023 ގަ އެވެ. އެ ދެމަފިރިންގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގަ އެެވެ.