ހާޝްގެ "ދީވާނީއްޔަތު" އޮކްޓޯބަރު 21 ގައި ގެނެސްދެނީ
ހާޝްގެ "ދީވާނީއްޔަތު" އޮކްޓޯބަރު 21 ގައި ގެނެސްދެނީ

ބޮލީވުޑްގެ އެކްޓަރު ހާޝްވަރްދަން ރާނޭގެ އާ ފިލްމު "އޭކް ދީވާނޭ ކީ ދީވާނީއްޔަތު" އަންނަ އޮކްޓޯބަރު މަހު 21 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

ރޮމޭންޓިކް ތުރިލާ ފިލްމު "ދީވާނިއްޔަތު" ރިލީޒްކުރާ ތާރީޚާ އެކު، އެ ފިލްމުގެ ކުރު ޓީޒާއެއް ވެސް މިދިޔަ ހުކުރު ދުވަހު ވަނީ އާންމުކޮށްފަ އެވެ.

ހާޝްއާ އެކު އެ ފިލްމުގައި ލީޑު ރޯލު ކުޅެނީ އާންމުކޮށް ޕަންޖާބު ފިލްމުތަކުގައި މަސައްކަތްކުރާ ސޯނަމް ބާޖްވާ އެވެ. "ދީވާނިއްޔަތު"އާ އެކު މި އަހަރު ބޮލީވުޑްގެ އިތުރު ދެ ފިލްމެއް އޭނާ ކުޅެ އެވެ. އެއީ "ހައުސްފުލް 4" އާއި "ބާގީ 4" އެވެ.

"ދީވާނިއްޔަތު"އަކީ ޖޯން އަބްރަހަމްގެ މަޝްހޫރު އެކްޝަން ފިލްމް ސީރީޒް "ސަތިއަމޭވަ ޖަޔެތީ"ގެ ޑައިރެކްޓަރު މިލާޕް ޒަވޭރީ ގެނެސްދޭ ފިލްމެކެވެ.

ހާޝް 2016 ވަނަ އަހަރު ކުޅުނު "ސަނަމް ތޭރީ ކަސަމް"އަކީ އަދިވެސް ވަރަށް މަޝްހޫރު ލޯބީގެ ފިލްމެކެވެ. ބޮކްސް އޮފީހުގައި ނާކާމިޔާބު ވިޔަސް، އެއީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފިލްމެކެވެ. އެ ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭން ނިންމައި މިހާރު ވަނީ އެކަން ވެސް އިއުލާންކޮށްފަ އެވެ.