ވިލިމާލޭގެ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި
ވިލިމާލޭގެ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި

ވިލިމާލޭގެ ގެއެއްގައި މިރޭ ދަންވަރު ރޯވެ ވަރަށް ބޮޑަށް އަނދައި، އިމާރާތާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ވިލިމާލޭގެ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި
ވިލިމާލޭގެ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި

އަލިފާން ރޯވި ގެ ކައިރީގައި ދިރިއުޅޭ މީހަކު "މިހާރު"އާ ވާހަކަދައްކަމުން ބުނީ 2:15 ހާއިރު ހިނގި ހާދިސާގައި ރޯވެ އަނދާފައި ވަނީ ތިން ބުރިއަށް ހަދާފައި ހުރި އެ ރަށު "ދަންމާނު" ގޭގައި ކަމަށެވެ. މި ހާދިސާ ހިނގިއިރު އެ ގޭގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެ ގޭގައި ދިރިއުޅުނު އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އެނގިފައެއްނުވެ އެވެ.

ވިލިމާލޭގެ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި
ވިލިމާލޭގެ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި

ދަންމާނުގޭގައި ރޯވި އަލިފާންގަނޑު ނިއްވާލީ ސިފައިންނާއި ފުލުހުން އަދި އާއްމުން ގުޅިގެން ކުރި މަސައްކަތުން ގާތްގަނޑަކަށް 3:45 ހާއިރު އެވެ.

"ރޯވީ އެ ގޭގެ ގްރައުންޑްގައި ފްލޯގައި. އެތަނުގައި މީހުން ދިރިއުޅޭ ކަމެއް ޔަގީނެއް ނޫން،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ އެ ގޭގައި ރޯވެ އަނދަން ފެށުމުން އެ ގޭގަައި ދިރިއުޅޭ މީހުންނާއި އެ ގެ ކައިރީގައި ދިރިއުޅޭ މީހުން ވެސް ނެރެ ހުސްކުރި ކަމަށެވެ. އަދި އަލިފާން ނިއްވުމަށް އެމްއެންޑީއެފް އާއި ފުލުހުން ވެސް ހަރަކާތްތެރިވި ކަމަށް ވެސް އެ މީހާ ބުންޏެވެ.

އެ ރަށުގެ ބާ މިސްކިތް ކައިރީގައި ހުންނަ އެގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

އެ ސަރަހައްދުގައި ހުރި މީހާ ބުނީ އަލިފާން ރޯވެ، ގެއްލުން ލިބުނު ގޭގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ޑިޒާސްޓާ ސެންޓަރުގެ ފަރާތުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ރެޑްކްރެސެންޓުން ވެސް އެގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ މީހާ ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަޔަ އެންޑް ރެސްކިއުއަށް އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ 2:19 ގައި ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.