އަބްދުއްރަހުމާން މަރާލި މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި، އެކަކަށް ފަސް ދުވަސް
އަބްދުއްރަހުމާން މަރާލި މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި، އެކަކަށް ފަސް ދުވަސް

އއ. މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމަށް މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން ޒުވާނުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށް އަދި އެކަކުގެ ބަންދަށް ކޯޓުން ފަސް ދުވަސް އިއްޔެ ދީފި އެވެ.

އަބްދުއްރަހުމާން މަރާލި މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި، އެކަކަށް ފަސް ދުވަސް
އަބްދުއްރަހުމާން މަރާލި މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި، އެކަކަށް ފަސް ދުވަސް

އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރާލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ:

އަބްދުއްރަހުމާން މަރާލި މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި، އެކަކަށް ފަސް ދުވަސް
އަބްދުއްރަހުމާން މަރާލި މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި، އެކަކަށް ފަސް ދުވަސް

1- މުހައްމަދު ވިޝާމް، 22 އަހަރު (ލިލީފެހި، މާޅޮސް)

އަބްދުއްރަހުމާން މަރާލި މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި، އެކަކަށް ފަސް ދުވަސް
އަބްދުއްރަހުމާން މަރާލި މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި، އެކަކަށް ފަސް ދުވަސް

2- އަހުމަދު ފާރިސް، 27 އަހަރު (ފިނިވާގެ، މާޅޮސް)

3- އަހުމަދު އާޝިދު، 27 އަހަރު (ފިޔަ، މާޅޮސް)

އިއްޔެ ރޭ ދަންވަރު އެ ތިން މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ. އާޝިދުގެ ބަންދަށް ދިނީ ފަސް ދުވަހެވެ.

މީގެ ތެރެއިން އާޝިދު ބަންދުކުރީ މާލެއިންނެވެ.

އަބްދުއްރަހުމާނަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ފާރިސް، އަބްދުއްރަހްމާނަށް ހަމަލާދީފައި އޮތްކަން މީހުންނަށް އެނގުމުގެ މާ ކުރިން އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅާފައި އޮތް ކަމަށާއި ގުޅީ ކީއްކުރަންތޯ އެހުމުން އެއީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނެފައިވާކަން ވަނީ އެނގިފަ އެވެ.

ފާރިސްއަކީ އަބްދުއްރަހްމާންގެ ދަރިއަށް ގުޅާ މީހެއް ވެސް ނޫން ކަމަށާއި ކޯލް މިސްވެފައި އޮތުމުން ފަހުން ގުޅުމުން އޭރު ގުޅީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނި ކަމަށް ވެ އެވެ.

ވަރަށް ގާތްކޮށް ރަށުތެރޭގައި އުޅޭ އެ ތިން ޒުވާނުންގެ ތެރެއިން ފާރިސް، އަބްދުއްރަހުމާންގެ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ކަމަށް ބުނެ ގުޅި ވަގުތަކީ އަދި ހަމަލާ ދިންކަން މީހުންނަށް އެނގުމުގެ މާ ކުރި އެވެ.

އަބްދުއްރަހުމާންގެ ތިން ކުދިން ވެސް އެ ދުވަސްކޮޅު އުޅުނީ މާލޭގަ އެވެ.

ފާރިސްގެ ވަޒީފާއަކީ ފެނަކައިގެ ފެން ޕްލާންޓު އޮޕަރޭޓް ކުރުން ކަމަށް ވާއިރު ފެނަކަ ބްރާންޗުން ނުކުންނައިރު އަބްދުއްރަހުމާންގެ ގެ ފެންނާނެ އެވެ. އަބްދުއްރަހުމާން ނިދާފައި އޮތީ އަންހެނުން ނާޒިމާގެ ގެ މާހިޔައިގަ އެވެ.

އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. ދެމަފިރިން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވާއިރު، ފިރިމީހާ އަށް ހަމަލަދީފައިވާކަން ނާޒިމާ އަށް އެނގުނީ އޭނާ "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި ފާހާނާއަކަށް އެ ކޮޓަރި އަށް ވަން ވަގުތު އެވެ. އެއީ ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ދަންވަރު އެކެއް ޖަހާކަންހާއިރެވެ.

"އަބްދުއްރަހުމާން ހަމަ މަރަށް ތެޅުނީ. އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި،" މާޅޮހުގެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ނާޒިމާ ކިޔައިދީފައި ވެ އެވެ.

އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އެ ގެ އަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި ކޮޓަރީގެ ސީލިންއާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.

އަބްދުއްރަހުމާނަށް ދިން ހަމަލައާ ސިހުރާ ވެސް ބައެއް މީހުން ގުޅުވަ އެވެ. "މިހާރު" އާ ކުރިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ ރަށުގެ ފިހާރައެއްގެ ކެމެރާ ހަރުކުރަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އެފަދަ ތުހުމަތުތަކެއް ކުރެވުމުންނެވެ. އަދި ކެމެރާ ހަރުކުރި ފަހުން އަބްދުއްރަހުމާންގެ އެ ގޭގެ ކެމެރާއަށް އަރާފައިވާ ކަމަށް ރަށުތެރޭގައި ބައެއް މީހުން ވާހަކަ ދައްކާފައިވެ އެވެ.

އެކަމަކު، އަބްދުއްރަހުމާނާއި ސިހުރާ ގުޅުވައިގެން ދައްކާ ވާހަކަތައް މާޅޮހުގެ ގިނަ މީހުން ގަބޫލު ނުކުރާ ކަމަށްވެ އެވެ. ބައެއް މީހުންނަށް އެ ވާހަކަ އިވުނީ ވެސް މި ފަހަރު އެކަނި ކަމަށް ބުނެފައި ވެ އެވެ.