21 އޯގަސްޓް 2025 - 15:29

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ޗެއާމަނަކަށް އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝާމީ އާދަމް އަނެއްކާ ވެސް އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އެ ކުންފުނީގެ ޗެއާމަންކަމުން ޝާމީ ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ގަ އެވެ.
އެކަމަކު އާރުޑީސީން މިއަދު ވަނީ އަލުން ޗެއާމަން ކަމަށް ޝާމީ އައްޔަން ކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.
ޕީސީބީން އޭރު ޝާމީ މަގާމުން ވަކިކުރީ ކީއްވެ ކަމެއް ނުބުނެ އެވެ.
އެކަމަކު ޕީސީބީން އޭރު ވަނީ ޝާމީ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑު މެމްބަރުކަމުން ވެސް ވަކިކޮށްފަ އެވެ.
އަލުން އެ މަގާމަށް ޝާމީ އައްޔަންކުރިއިރު މި ފަހުން ވަނީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް ބަދަލުކޮށްފަ އެވެ. އަދި އާރުޑީސީ ހިންގުން ހަވާލު ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ނަޒީމްއާ އެވެ.