ޓޫރިޒަމް ކުރިއަރުވަން މާމިގިލީ ކައިރީ ޝިޕްރެކެއް ހަދައިފި
ޓޫރިޒަމް ކުރިއަރުވަން މާމިގިލީ ކައިރީ ޝިޕްރެކެއް ހަދައިފި

ޓޫރިޒަމް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އދ. މާމިގިލީ ކައުންސިލުން އެރަށުގެ ފަޅު ކައިރިއަށް ބޯޓެއް ފައްތައި، ޝިޕްރެކެއް ހަދައިފި އެވެ.

ޓޫރިޒަމް ކުރިއަރުވަން މާމިގިލީ ކައިރީ ޝިޕްރެކެއް ހަދައިފި
ޓޫރިޒަމް ކުރިއަރުވަން މާމިގިލީ ކައިރީ ޝިޕްރެކެއް ހަދައިފި

މާމިގިލީ ކައުންސިލުގެ މެމްބަރު މުހައްމަދު ރީހާން، "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ޝިޕްރެކެއް ހެދީ ބޯޓު ޔާޑެއް ހިންގުމުގެ ޕްރޮޖެކްޓުގެ ތެރެއިން ކަމަށެވެ. އެ ޕްރޮޖެކްޓަށް އިއުލާނުކުރީ ބިޑު ކާމިޔާބުކުރާ ފަރާތަކުން ސީއެސްއާރު ޕްރޮޖެކްޓެއް ވެސް ހިންގަން ޖެހޭ ގޮތަށެވެ.

ޓޫރިޒަމް ކުރިއަރުވަން މާމިގިލީ ކައިރީ ޝިޕްރެކެއް ހަދައިފި
ޓޫރިޒަމް ކުރިއަރުވަން މާމިގިލީ ކައިރީ ޝިޕްރެކެއް ހަދައިފި

އެ ސީއެސްއާރުގައި ހިމެނޭ ތިން ކަމަކީ ދަގަނޑު ބޯޓެއް ފެއްތުމާއި ޖެޓީ މަސައްކަތާއި އިންޑޯ ހޯލެއް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލުގެ އެ މަޝްރޫއުގެ ބިޑު ކާމިޔާބުކުރީ އެ ރަށަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އެވެ. ޝިޕްރެކެއް ގޮތުގައި ރަށުގެ ބޭރުން މޫދަށް ފެއްތި ބޯޓަކީ ކުރިން ވިލާ ގްރޫޕުގައި ބޭނުންކުރި ބޯޓެކެވެ.

ރީހާން ވިދާޅުވި ގޮތުގައި ރަށުގައި ޓޫރިޒަމް ކުރިއަރުވަން ބޭނުންވާތީ ކައުންސިލުގެ މެމްބަރުން އޭރު ނިންމީ އެ ޕްރޮޖެކްޓް ސީއެސްއާރުގެ ދަށަށް ލައިގެން ކުރާށެވެ.

ހަތް ގެސްޓްހައުސް ހިންގަމުން އަންނަ އެެ ރަށުގައި މިހާރު ވެސް އިތުރު ގެސްޓްހައުސްތައް ހަދަމުން އެބަދެ އެވެ.

ރީހާން ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ މުހިއްމުކަން ޒުވާނުންނަށް އެނގޭތީ އެކަމުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު ވެސް އިތުރުވަމުން އެބަދެ އެވެ.

ޝިޕްރެކްތައް ޓޫރިސްޓުންނާއި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލެވެ. އެ ބަލައިލުމަށާއި އޭގެ ކައިރީގައި ފީނުމަށް ގިނަ ބަޔަކު ގޮސް އުޅެ އެވެ.

މިގޮތަށް އެންމެ މަގްބޫލުވީ ވ. އަތޮޅުގެ ޝިޕްރް މިފަހުން ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި ވަރަށް ބޮޑަށް ހަލާކުވެ، އެ ބޯޓު ފަރުން ނެއްޓި، ވަނީ އޮޔާ ގޮސްފަ އެވެ.