މަގު ހަދަން އެމްއެމްއޭ ކައިރިން ބޭރު މަގާއި ފަޅު ބަންދުކުރަނީ
މަގު ހަދަން އެމްއެމްއޭ ކައިރިން ބޭރު މަގާއި ފަޅު ބަންދުކުރަނީ

މާލޭގައި ވަށައިގެން އޮންނަަ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް އެމްއެމްއޭ ކައިރިން އެ މަގުގެ އެެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ވެސް ބަންދުކުރަން ނިންމައިފި އެވެ.

މާދަމާ އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ފަޅި ބަންދު ކުރާނެ އެވެ.

އެ އިއުލާނާ އެކު، އާންމުކުރި ޗާޓުގައިވާ ގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެ އެވެ. އަދި ގިނަ އަދަދެއްގެ އަތޮޅު ފެރީތައް ވެސް ވަންނަ އެ ސަރަހައްދުގެ ފަޅު ކުރިއަށް އޮތް ދުވަސްތަކުގައި ބަންދު ވާނެ ކަން ކައުންސިލުގެ ޗާޓުން ދައްކަ އެވެ.

ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދު ކުރާނެ އެވެ.