ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ށ. އަތޮޅަށް 1،000 އަށް ވުރެ ގިނަ ގަސް ފޮނުވައިފި
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ށ. އަތޮޅަށް 1،000 އަށް ވުރެ ގިނަ ގަސް ފޮނުވައިފި

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރަން ހިންގާ "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ގަސް ފޮނުވައިފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައިި ށ. އަތޮޅުގެ ހަތަރު ރަށް ކަމަށްވާ ފުނަދު އާއި ނަރުދު އާއި ޅައިމަގާއި ބިލެތްފައްސަށް މި މަހުގެ ތެރޭގައި ފޮނުވީ 1،159 ގަހެވެ. މި ރަށްތަކަށް ފޮނުވީ، އާއްމުކޮށް ރަށްރަށުގައި ހައްދާ، އަލަ އާއި ބަނބުކޭލާއި ޖަނބުރޯލާއި މުރަނގަ ގަހެވެ. މި ގަސްތައް ފޮނުވީ ރަށްރަށުގެ ގެތަކާއި އޮފީސްތަކަށެވެ.

- 65 ބަނބުކެޔޮ ގަސް

- 116 ޖަނބުރޯލް ގަސް

- 111 މުރަނގަ ގަސް

- 32 އަލަ ގަސް

- 59 ބަނބުކެޔޮ ގަސް

- 52 ޖަނބުރޯލު ގަސް

- 51 މުރަނގަ ގަސް

- 216 އަލަ ގަސް

- 60 ބަނބުކެޔޮ ގަސް

- 71 ޖަނބުރޯލު ގަސް

- 67 މުރަނގަ ގަސް

- 56 އަލަ ގަސް

- 29 ބަނބުކެޔޮ ގަސް

- 29 ޖަނބުރޯލު ގަސް

- 29 މުރަނގަ ގަސް

- 116 އަލަ ގަސް

ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރަން ކައުންސިލްތަކުން ވެސް ރަށްރަށަށް ގަސް ފޯރުކޮށްދޭން މިނިސްޓްރީން އެދެ އެވެ.

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ގަސް ފޯރުކޮށްދެމުން އަންނައިރު، މިދިޔަ ޖޫން މަހު ހދ. ހަނިމާދޫ ކައުންސިލަށް ވަނީ 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފަ އެވެ.