ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާ އަށް 727 މިލިއަން، އަދަދު ދަނީ އިތުރުވަމުން!
ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާ އަށް 727 މިލިއަން، އަދަދު ދަނީ އިތުރުވަމުން!

ފުލުހުންނާއި ސިފައިންގެ ބޭސްފަރުވާއަށް ތިން އަހަރު ތެރޭގައި 727 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާ އަށް 727 މިލިއަން، އަދަދު ދަނީ އިތުރުވަމުން!
ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާ އަށް 727 މިލިއަން، އަދަދު ދަނީ އިތުރުވަމުން!

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވަފައިވަ އެކަމާ ގުޅޭ ޑޮކިއުމެންޓެއްގައިވާ ގޮތުން ބޮޑު ބައެއް ހޭދަކުރަނީ ސިފައިންނާ ފުލުހުންގެ ބޭސްފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށެވެ.

ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާ އަށް 727 މިލިއަން، އަދަދު ދަނީ އިތުރުވަމުން!
ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާ އަށް 727 މިލިއަން، އަދަދު ދަނީ އިތުރުވަމުން!

ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން ނަމަ ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާ އާއި ފުލުހުންގެ ބޭސްފަރުވާގެ ނިޒާމު ނޫސަންދައަށް އަދި ސިފައިންނާއި ފުލުހުން ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރުމުގެ ހަރަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.

މިދިޔަ ތިން އަހަރު ސިފައިންގެ ބޭސްފަރުވާ އަށް 324 މިލިއަން ރުފިޔާ ހޭދަކުރި އިރު، އޭގެ ތެރެއިން 80 ޕަސެންޓު ހޭދަކޮށްފައިވަނީ ސިފައިންގެ އާއިލާތަކުގެ ބޭސްފަރުވާއަށެވެ. އެއީ 260 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ރާއްޖޭގައި ސިފައިންގެ އާއިލާތަކަށް ކުރި ބޭސްފަރުވާގެ ހަރަދު 253 މިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ބާކީ ހަތް މިލިއަން ރުފިޔާ ހޭދަކުރީ ރާއްޖެ އިން ބޭރުގެ ބޭސްފަރުވާ އަށެވެ.

ސިފައިންގެ ބޭސްފަރުވާގެ ހަރަދު 2021 ވަނަ އަހަރު ހުރީ 77 މިލިއަން ރުފިޔާގަ އެވެ. އެކަމަކު 2023 ވަނަ އަހަރު އެ އަދަދު ވަނީ ގާތްގަނޑަކަށް 80 ޕަސެންޓު އިތުރުވެފަ އެވެ. އެ އަހަރު ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ސިއްހީ ފަރުވާ އަށް ކުރި ހޭދަ ވަނީ 142 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ވެސް ފާހަގަކޮށްފައިވާ ގޮތުން 2023 ވަނަ އަހަރު ސިފައިންގެ ބޭސްފަރުވާ އަށް ކުރި ހޭދަވަނީ ބަޖެޓު ކުރި އަދަދަށް ވުރެ 35 ޕަސެންޓު އިތުރުވެފަ އެވެ.

ފުލުހުންގެ ބޭސްފަރުވާ އަށް 465 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ރާއްޖޭގައި ކުރި ބޭސްފަރުވާގެ ހަރަދު 341 މިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ރާއްޖެއިން ބޭރުގެ ބޭސްފަރުވާގެ ހަރަދު 62 މިލިއަން ރުފިޔާއަށް އަރަ އެވެ.

ފުލުހުންގެ ބޭސްފަރުވާ އަށް 2021 ވަނަ އަހަރު ހޭދަކުރީ 106 މިލިއަން ރުފިޔާ އެވެ. އެކަމަކު އެ އަދަދު 2023 ވަނަ އަހަރު ހުރީ 167 މިލިއަން ރުފިޔާގަ އެވެ. އެހެންވެ އެއީ 57 ޕަސެންޓުގެ އިތުރުވުމެކެވެ.

ސިފައިންނާއި ފުލުހުން ވަކިކޮށް ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި ހިންގަން ފެށިތާ ކުރީކޮޅު އެ ތަނުގައި ދިނީ އެލައިޑް އިންޝުއަރެންސްގެ ހިދުމަތް އެކަންޏެވެ. ނަމަވެސް 2011 ހިސާބުގައި އެލައިޑް އިންޝުއަރެންސް ސްކީމުގެ ހުއްޓާލައި އެމްއެންޑީއެފުން ދޭ ކަހަލަ ގޮތަކަށް ފުލުހުންގެ ސިއްހީ ފަރުވާގެ ކަންކަން ބަދަލުކުރި އެވެ.

ފުލުހުންނަކީ ދައުލަތުގެ ބަޖެޓުން ސިއްހީ ހިދުމަތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ މުއައްސަސާ ވެސް މެ އެވެ.