ދުވުންތެރިން ފަހަތަށް، ގައުމީ މުބާރާތުން އެއްވަނަ ފީލްޑް ދެ އެތުލީޓުންނަށް؛ ޝަމްއޫނާއި ޝައިމް
ދުވުންތެރިން ފަހަތަށް، ގައުމީ މުބާރާތުން އެއްވަނަ ފީލްޑް ދެ އެތުލީޓުންނަށް؛ ޝަމްއޫނާއި ޝައިމް

ގައުމީ އެތުލެޓިކްސް މުބާރާތުން އެންމެ މޮޅު އެތުލީޓުންގެ އެވޯޑް، ފީލްޑް އިވެންޓްގެ ދެ އެތުލީޓުންކަމަށްވާ ހަސަން ޝަމްއޫނާއި އާއިޝަތު ޝައިމް އަޒީޒު ހޯދައިފި އެވެ.

ދުވުންތެރިން ފަހަތަށް، ގައުމީ މުބާރާތުން އެއްވަނަ ފީލްޑް ދެ އެތުލީޓުންނަށް؛ ޝަމްއޫނާއި ޝައިމް
ދުވުންތެރިން ފަހަތަށް، ގައުމީ މުބާރާތުން އެއްވަނަ ފީލްޑް ދެ އެތުލީޓުންނަށް؛ ޝަމްއޫނާއި ޝައިމް

ދިވެހި ސިފައިންގެ ކްލަބުން ވާދަކުރި ޝަމްއޫނަކީ ތުރޯއިންގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް އެތުލީޓެވެ. މިއީ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަގާމު އޭނާ ހޯދި ދެވަނަ ފަހަރެވެ.

ދުވުންތެރިން ފަހަތަށް، ގައުމީ މުބާރާތުން އެއްވަނަ ފީލްޑް ދެ އެތުލީޓުންނަށް؛ ޝަމްއޫނާއި ޝައިމް
ދުވުންތެރިން ފަހަތަށް، ގައުމީ މުބާރާތުން އެއްވަނަ ފީލްޑް ދެ އެތުލީޓުންނަށް؛ ޝަމްއޫނާއި ޝައިމް

މީގެ ކުރިން އެ މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަގާމު އޭނާ ހޯދީ 2016 ގަ އެވެ. އޭނާ ވަނީ މި އަހަރުގެ އެސޯސިއޭޝަން ކަޕުގައި ވެސް އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދައިފަ އެވެ.

ތުރޯއިންގެ ޑިސްކަސް އާއި ޝޮޓްޕުޓް އިވެންޓަށް ހާއްސަ ޝަމްއޫން ވަނީ މިފަހަރު ވެސް އެ ދެ އިވެންޓުން ރަން މަޑަލް ހޯދައިފަ އެވެ.

ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ތަމްސީލު ކުރީ ޝައިމް އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ހޯދީ ތިން އިވެންޓުން ރަން މެޑަލް ހޯދުމުގެ އިތުރަށް ގައުމީ ރެކޯޑް ވެސް އާ ކޮށްގެންނެވެ.

ޖެވެލިން ތުރޯ އާއި ހައި ޖަމްޕްގެ އިތުރުން ލޯންގް ޖަމްޕުން ރަން މެޑަލް އޭނާ ހޯދީ އެ އިވެންޓްގެ ގައުމީ ރެކޯޑް ވެސް އާ ކޮށްގެންނެވެ. ކުރިން 5.20 މީޓަރު ދުރަށް ފުންމައިގެން އޭނާ ހެދި ރެކޯޑް މި ފަހަރު އޭނާ މުގުރާލީ 5.24 މީޓަރުންނެވެ.

މީގެ ކުރިން ގައުމީ މުބާރާތުގެ އެއްވަނަ ހިއްސާ ކުރަނީ ދުވުންތެރިންގެ މެދުގަ އެވެ. ޝަމްއޫނާއި ޝައިމް މުބާރާތުގެ އެއްވަނަ މަގާމު ހޯދުމާ އެކު، މިއީ 34 އަހަރުވީ މުބާރާތުގެ ތާރީހުގައި ދުވުންތެރިޔަކަށް ހިއްސާނުކޮށް ފީލްޑް ދެ އެތުލީޓުން އެއްވަނަ މަގާމު ގެންދިޔަ ފުރަތަމަ ފަހަރެވެ.

ގައުމީ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ޓީމު އިވެންޓުން އެއްވަނަ ހޯދީ ޓްރެކް އެންޑް ފީލްޑެވެ. މީގެ ކުރިން ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޓީމު އިވެންޓް ޑޮމިނޭޓް ކުރި ދިވެހި ސިފައިންގެ ކްލަބް ފަހަތަށް ޖައްސާލުމަށް ފަހު ޓްރެކް އެންޑް ފީލްޑް އެއްވަނަ ހޯދީ 196 ޕޮއިންޓް ހޯދައިގެންނެވެ. ސިފައިންގެ ކްލަބަށް ދެވަނަ ލިބުނީ 185 ޕޮއިންޓުންނެވެ.

ތަޖުރިބާކާރު ކޯޗު އަބްދުﷲ އިބްރާހިމް (އަބުޅޯ) ކޯޗު ކޮށްދޭ ޓްރެކް އެންޑް ފީލްޑުން، އަންހެން ޑިވިޝަނުގެ އެއްވަނަ ހޯދީ 206 ޕޮއިންޓާ އެކު ކަސްޓަމްސްގެ ޓީމު ބަލި ކުރުމަށް ފަހު އެވެ. ކަސްޓަމަށް ލިބުނީ 186 ޕޮއިންޓެވެ.