16 އޯގަސްޓް 2025 - 15:33

މާލޭގެ އިމާރާތެއްގެ ބައެއް ވެއްޓި، މަގުމަތީ ޕާކުކޮށްފައި ހުރި ސައިކަލުތަކަކާއި ކާރަކަށް ގެއްލުންވެއްޖެ އެވެ.
ފުލ؛ުހުން ބުނީ ކުރިން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެން އެ އިމާރާތާ ޖެހިގެން ހުރި އިމާރާތާއި ޕާކުކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަށް ގެއްލުންވެފައިވާ ކަމަށެވެ.
ބިލަބޮން ސްކޫލު ކުރިމަތީގައި ހުންނަ، މިހާރު ބޭނުން ނުކުރާ އެ އިމާރާތުން ބޮޑު ބައެއް ވެއްޓުނީ މެންދުރު 1:00 ހާއިރު އެވެ. އެ ހާދިސާގައި މީހަކަށް އަނިޔާނުވާ ކަމަށްވެ އެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އިމާރާތުގެ ބޮޑު ބައެއް ވަނީ ވެހިކަލްތަކުގެ މައްޗަށް ވެއްޓިފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކަށް ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މީގެ ކުރިން އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ކިޔެވުން ވެސް ބޭއްވި އެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ ރެނދުލާފައި ހުރި އިމާރާތެކެވެ.