15 އޯގަސްޓް 2025 - 14:19

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި އެމްއެމްސީން ދެމުން އަންނަ އެ އިނާމަށް 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ.
އޭގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ، ޑޮކިއުމަންޓްރީގެ ދާއިރާ، ލައިފްސްޓައިލާއ،ި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރ،ާ ފީޗާ ރިޕޯޓުގެ ދާއިރ،ާ ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރ،ާ އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ، އުންމީދީ ނޫސްވެރިޔާގެ އިނާމު، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު އަދި ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމް ހިމެނެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން 12 ވަނަ ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލީ ޖުލައި 13 ގަ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ.