14 އޯގަސްޓް 2025 - 14:01

ލ. ގަމުގައި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 9 ހާއިރު އެ އެކްސިޑެންޓް ހިނގީ ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އެ ސައިކަލުގައި ތިބި ދެ އަންހެނަކަށެވެ.
އެ މީހުންނަށް ފަރުވާ ދިނުމަށް ފަހު ހާލު ބޮޑުވި އެކަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް، އޭނާ މިއަދު ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށް ދެއްވި އެވެ.
އެނގިފައިވާ ގޮތުގައި ނިޔާވީ ކ. ގުރައިދޫއަށް ނިސްބަތްވާ މީހެކެވެ.