މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި
މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

ސްޓެލްކޯ އިން ދެންމެ ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށް. އަދި ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރަކު އުޅޭ ނަމަ ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެ ކުންފުނިން އެދޭ.

މާލެ އާއި ހުޅުމާލެ އިން އެންމެ ފަހުން ކަރަންޓު ކެނޑުނީ މިދިޔަ ހޮނިހިރު ދުވަހު. އެ ދުވަހުގެ ހެނދުނު 9:30 ހާއިރު އެ ދުވަހު ކަރަންޓު ކެނޑުނު ގޮތަށް ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ފޯރުކޮށްދެވުނީ މެންދުރު 12:04 ގައި. އެ ދުވަހު ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، މައްސަލަ އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ހައްލު ކުރައްވާނެ ކަމަށް.

މާލޭގެ ހުރިހާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފި.

ސްޓެލްކޯ އިން ދެންމެ ބުނީ، ކުރިއަށް އޮތް ބައިގަޑިއެއްހާއިރު ތެރޭގައި މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު އަލުން ދެވޭނެ ކަމަށް. ހުޅުމާލެ އިން މިހާރު ކަރަންޓު ނުދެވި ވަނީ 19 ޕަސެންޓަށް އަދި މާލެ އިން 27 ޕަސެންޓަށް ކަމަށް އެ ކުންފުނިން ބުނި.

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ އެވެ.

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާއިރު، އެކަމާ ގުޅޭ ގޮތުން ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

"މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.

ހުޅުމާލެ އަދި މާލޭން މީގެކުރިން ދެ ފަހަރެއްގެ މަތިން އެއްކޮށް ކަރަންޓު ކެނޑި ގިނަ އިރުތަކެއް ހޭދަވި އެވެ. އެންމެ ފުރަތަމަ ނުވަ ގަޑިއިރަށް ކަރަންޓު ދިޔައިރު، މި މަހުގެ ނުވަ ވަނަ ދުވަހު ދެ ގަޑިއިރަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ދިޔަ އެވެ.

ސްޓެލްކޯ އިން އޭރު ބުނެފައިވަނީ ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި އެކަން ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.