މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި
މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅުވައިގެން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި 60 ރުއް އިއްޔެ އިންދައިފި އެވެ.

މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި
މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި

ހުޅުމާލޭގައި އެ ރުއްތައް އިންދުމުގެ ގޮތުން އިއްޔެ ވަނީ ހުޅުމާލެ 2 ގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ގޮނޑުދޮށް ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި
މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ރުއްތައް އިންދީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން އެ ކުންފުންޏާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން ކަމަށެވެ.

މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި
މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފި

ރުއްތައް އިންދުމަށް ބޭއްވި ރަސްމިއްޔާތަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓާރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ދިވެހިބަހާ ބެހޭ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އެޗްޑީސީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. އަދި މާލެ އާއި ހުޅުމާލޭގެ ސްކޫލްތަކުގެ ދަރިވަރުން ވެސް އެ ހަރަކާތުގައި ބައިވެރިވި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އިންދި 60 ރުކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެސް އިންދި ރުއްތަކެއް ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި އެޗްޑީސީން ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން އެއް މިލިއަން ގަސް އިންދުމަށް ނިންމައި މިދިޔަ އަހަރު ވަނީ އެކަމުގެ އަހުދުނާމާގައި ސޮއިކޮށްފަ އެވެ.

އެޗްޑީސީން ބުނީ އެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކާ ލ. ގަމުގައި އެއް ލައްކަ އަކަފޫޓުގެ ނާސަރީއެއް އެ ކުންފުނިން ހަދަން ނިންމާފައިވާ ކަމަށެވެ. ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ އާއި ކުޑަގިރި އާއި ތިލަފުށި އަދި ގުޅީފަޅުގައި އިންދާނެ ގަސްތައް ހެއްދުމަށް ވެސް އެ ނާސަރީ ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެ ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށް ވެސް މަގުފަހިވާނެ އެވެ. އެޗްޑީސީގެ އަމާޒަކީ، މި ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީ ވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ،" އެޗްޑީސީން ބުންޏެވެ.