ބަނގުރަލުގެ ވިޔަފާރި ހިންގި ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓްކޮށްލަނީ
ބަނގުރަލުގެ ވިޔަފާރި ހިންގި ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓްކޮށްލަނީ

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށްފި އެވެ.

ބަނގުރަލުގެ ވިޔަފާރި ހިންގި ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓްކޮށްލަނީ
ބަނގުރަލުގެ ވިޔަފާރި ހިންގި ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓްކޮށްލަނީ

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އިންޑިއާގެ ތިން މީހުން ކަމަށްވާ 32 އަހަރުގެ މުތުމަގޭޝް މުރުގާން އާއި 42 އަހަރުގެ ދޭވާރާޖް ޖެބްރާޖާއި 38 އަހަރުގެ ޒެނިތު ފްރެންސިސް ކަމަށެވެ. ދެން އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ 37 އަހަރުގެ އަބްދުލްމަންނާން ކަމަށް ފުލުހުން ބުންޏެވެެ.

އެ މީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން ޑީޕޯޓްކުރަން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

އެ އެންމެންގެ ވަނަވަރު އާންމުކޮށް ފުލުހުން ބުނީ އެ މީހުން ދިރިއުޅޭ ގެ ބަލާފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެހި ހުރި 500އެމްއެލްގެ 511 ފުޅި އާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު ފެނުނު ކަމަށެވެ.