އެޗްއާރުސީއެމަށް ދެ ބޭފުޅެއްގެ ނަން ފޮނުވައިފި
އެޗްއާރުސީއެމަށް ދެ ބޭފުޅެއްގެ ނަން ފޮނުވައިފި

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހު ހަމަވެ އެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުއުމިނާ ވަހީދާއި މެންބަރު ޝިފާއަތު އަބްދުއްރައްޒާގުގެ ދައުރެވެ.

އެހެންވެ އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.

އެ ކޮމިޝަނަށް އައްޔަން ކުރަން ފޮނުވި ދެ ނަން:

- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން

- މުހައްމަދު ޝަފީގު މަހްމޫދު، މ. ކޮޕީ

އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.