ފުލުހުން ކަމަށް ހެދިގެން "ކްރައިމް ބިއުރޯ" އެއް ހިންގި ބަޔަކު އިންޑިއާގައި ހައްޔަރުކޮށްފި
ފުލުހުން ކަމަށް ހެދިގެން "ކްރައިމް ބިއުރޯ" އެއް ހިންގި ބަޔަކު އިންޑިއާގައި ހައްޔަރުކޮށްފި

އިންޑިއާގައި ފުލުހުން ކަމަށް ހެދިގެން އުޅުނު ބަޔަކު ކްރައިމް ބިއުރޯއެއް ހަދައި އެތަނަށް މީހުން ހާޒިރުކޮށް ބިރު ދައްކައިގެން ފައިސާ ނަގަމުން ދަނިކޮށް ހައްޔަރުކޮށްފި އެވެ.

ފުލުހުން ކަމަށް ހެދިގެން "ކްރައިމް ބިއުރޯ" އެއް ހިންގި ބަޔަކު އިންޑިއާގައި ހައްޔަރުކޮށްފި
ފުލުހުން ކަމަށް ހެދިގެން "ކްރައިމް ބިއުރޯ" އެއް ހިންގި ބަޔަކު އިންޑިއާގައި ހައްޔަރުކޮށްފި

އިންޑިއާ ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ކުލަތަކާއި ލޯގޯތައް ޖަހައި "އިންޓަނޭޝަނަލް ޕޮލިސް އެންޑް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ" ގެ ނަމުގައި ފޭކް ތަނެއް ހިންގަމުން ދިޔައީ ވެރިރަށް ނިއު ދިއްލީ ކައިރީގައި އޮންނަ ނޯއިޑާ ސިޓީގައި ކަމަށެވެ. މިތަނުން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވަގު ލިޔެކިޔުންތަކާއި ސެޓްފިކެޓްތައް ހަދައި މީހުންނަށް ބިރު ދައްކައިގެން ފައިސާ ނަގަމުން ދިޔަ މީހުން ހިންގި ފޭކް ބިއުރޯގެ ނަމުގައި ވެބްސައިޓެއް ވެސް ހަދާފައިވާ ކަމަށެވެ.

އެ މީހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެއީ އިންޓަޕޮލް އާއި ބައިނަލްއަގްވާމީ އެހެން ކްރައިމް ޔުނިޓްތަކާ ވެސް ގުޅިގެން މަސައްކަތްކުރާ ބައެކެވެ.

ފުލުހުން ވަނީ މިތަނުން މޯބައިލް ފޯނާއި ޗެކްފޮތާއި ސްޓޭމްޕާއި އައިޑީކާޑު ފަދަ އެތައް ސާމާނެއް ހޯދައިފަ އެވެ.

މި މީހުން ހައްޔަރުކޮށްފައި މި ވަނީ ނިއު ދިއްލީ ކައިރި ސަރަހައްދެއްގައި ކުއްޔަށް ހިފާފައި ހުންނަ ގެއެއްގައި ފޭކް އެމްބަސީއެއް ހިންގައި، ބޭރު ގައުމުތަކުން ވަޒީފާ ހޯދައިދިނުމުގެ ނަމުގައި މީހުންގެ އަތުން ފައިސާ އަތުލަމުން ދިޔަ މީހަކު ހައްޔަރުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ފޭކް އެމްބަސީ ހިންގީ "ވެސްޓް އާކްޓިކް އެމްބަސީ" ނަމުގަ އެވެ. އެކަން ކުރި މީހާ ބުނަމުން ދިޔައީ އޭނާ އަކީ ވެސްޓް އާކްޓިކާ، ސަބޯގާ، ޕޯލްވިއާ، ލޮޑޯނިއާ ފަދަ، ނުވެސް ނެތް ގައުމުތަކުގެ އެމްބެސެޑަރު ކަމަށެވެ. -- އޭއެފްޕީ