ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަނީ
ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަނީ

މާލޭގެ ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކަރަންޓު ކޭބަލެއް ބަޔަކު ބުރިކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ފަރީދީ މަގުން ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ރޭ ބަޔަކު ވަދެ، ކޭބަލެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ކަރަންޓު ކޭބަލް ވަގަށް ގެންދާ މައްސަލަތައް ދޭތެރެއަކުން ފުލުހުންނަށް ހުށަހަޅަ އެވެ.

ހުޅުމާލެ 2 ގައި ހުންނަ ސަބްސްޓޭޝަނަކުން ކަރަންޓު ކޭބަލެއް ވަގަށް ނަގަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މީގެ ދެ އަހަރު ކުރިން މަރު ވެސް ވި އެވެ.