24 މާޗް 2017 - 05:54
ބޮޑު ބިޔަ ކުކުޅެއްގެ ވީޑިއޯ ފެނިގެން އިންޓަނެޓްގައި އެންމެން އެ ވާހަކަ ދައްކަނީ އެވެ. ކޮން ތަނެއްގައި ކަން ނޭނގޭ ވީޑިއޯ ބެލި އެއްބަޔަކު ބުނަނީ އެއީ އަސްލެއް ނޫން ކަމަށެވެ. އެ މީހުން ބުނަނީ އެއީ ކުކުޅެއްގެ ކޮސްޓިއުމްގައި ހުރި މީހެއް ކަމަށެވެ. އެކަމަކު އެއީ އަސްލު ކުކުޅެކެވެ.
މިއީ ބްރަހްމާ ކިޔާ ވައްތަރެއްގެ ކުކުޅެކެވެ. މީގެ ކުކުޅު، އުސްމިނުގައި މީޓަރެއް ހުންނަ ވަރަށް ބޮޑުވެ އެވެ.
ފޭސްބުކް އަދި ޓްވިޓާގައި މި ވީޑިއޯ އެތައް ހާސް ފަހަރަކު ބަލާފައިވެ އެވެ.
އޮސްޓްރޭލިއާގައި 20 ވަނަ ގަރުނުގައި ގެންގުޅެން ފެށި މި ވައްތަރުގެ ކުކުޅު ގެންގުޅު މީހުންގެ ތެރެއިން ގިނަ ބަޔަކު ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެ ވަނަ ބޮޑު ހަނގުރާމާގައި ބައިވެރިވާން ޖެހި ކުކުޅުގެ އަދަދު ވަރަށް ބޮޑަށް މަދުވި އެވެ. އެކަމަކު 1970ގެ އަހަރުތަކުގައި މީގެ ކުކުޅު އަލުން އާލާކުރަން ފެށި އެވެ.
ސައުތު އޮސްޓްރޭލިއާގައި މީގެ 100 ކުކުޅު ގެންގުޅޭ މީހެއް ކަމަށްވާ ލޫކް ޕްރައިސް ބުނީ ބޮޑު ކުކުޅަށް މި ދުވަސްވަރު އެހާ ބޮޑު ސަމާލުކަމެއް ލިބިގެން އުޅެނީ އާންމުވެގެން އުޅޭ ވީޑިއޯގެ ސަބަބުން ކަމަށެވެ. އަދި އެތައް ބަޔަކަށް މިއީ އާދަޔާ ހިލާފް އެއްޗަކަށް ވެގެން އުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ. ވީޑިއޯއިން ފެންނަނީ ކުކުޅެއް ނޫން ކަމަށާއި އެއީ ބިޔަ ދޫންޏެއްގައި ކޮސްޓިއުމެއް އަޅުވައިގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ވެސް ބައެއް މީހުން ބުނާ ކަމަށް އޭނާ ބުންޏެވެ.
މި ކުކުޅު ކިތަންމެ ބޮޑަށް މިއީ އާދައިގެ ކުކުޅަށް ވުރެ ގިނައިން ކައި އުޅޭ އެއްޗެއް ނޫނެވެ. އަދި ބިސް އެޅުމުގައި ވެސް ތަފާތެއް ނެތެވެ.