ބީއެމްއެލް: ސެން ކްލާސް ތަރައްގީ ކުރުމުގެ ނަމޫނާއެއް
ބީއެމްއެލް: ސެން ކްލާސް ތަރައްގީ ކުރުމުގެ ނަމޫނާއެއް

ތައުލީމީ ދާއިރާއަކީ ގައުމެއްގެ ކުރިމަގު ބިނާވެގެންދާ އެންމެ މުހިންމު އެއް ދާއިރާ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ.

ބީއެމްއެލް: ސެން ކްލާސް ތަރައްގީ ކުރުމުގެ ނަމޫނާއެއް
ބީއެމްއެލް: ސެން ކްލާސް ތަރައްގީ ކުރުމުގެ ނަމޫނާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އަބަދުވެސް ހާއްސަ އަހުމިއްޔަތުކަމެއް ދޭކަން ފާހަގަކުރެވެ އެވެ.

ބީއެމްއެލް: ސެން ކްލާސް ތަރައްގީ ކުރުމުގެ ނަމޫނާއެއް
ބީއެމްއެލް: ސެން ކްލާސް ތަރައްގީ ކުރުމުގެ ނަމޫނާއެއް

މި އަހަރުގެ މިހާތަނަށް ބޭންކުން ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައި ވެ އެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީކޮށްފައި ވެ އެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދެވިފައި ވެ އެވެ.

ބޭންކުގެ އެހީތެރިކަމާއެކު 2023 ވަނަ އަހަރު އިމާދުއްދީން ސްކޫލުގައި ގާއިމުކުރެވުނު ތެރަޕީ ރޫމަކީ އެ ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބުނު މުހިންމު ވަސީލަތެކެވެ. މި ތެރަޕީ ރޫމުގައި ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސެންސަރީ އެކްޓިވިޓީސް އަދި ކައުންސެލިން ހި ދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ބޭންކުން ގައިމުކޮށްދިނެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބީއެމްއެލްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ވަނީ ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓާ ލެބްތައް ތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.

ބީއެމްއެލްއިން ހިލޭސާބަހަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއް ދެ އެވެ. އަދި ކުޅިވަރާއި ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށްވެސް އިންވެސްޓްކުރަމުން ގެންދެ އެވެ. މިފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ.