ސްޓީވީ އެވޯޑުގައި އެންމެ ރަނގަޅު އެއް އެމްޕްލޯޔާގެ އެވޯޑް އުރީދޫއަށް
ސްޓީވީ އެވޯޑުގައި އެންމެ ރަނގަޅު އެއް އެމްޕްލޯޔާގެ އެވޯޑް އުރީދޫއަށް

މިއަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑުގައި "އެމްޕްލޯޔާ އޮފް ދަ އިޔާ - ޓެލެކޮމިއުކޭޝަންސް"ގެ ދާއިރާއިން ބްރޮންޒް ސްޓީވީ އެވޯޑް އުރީދޫއަށް ލިބިއްޖެ އެވެ.

ޓެލެކޮމިއުނިކޭޝަން ދާއިރާއިން މި ސަރަހައްދުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް މާހައުލު އޮތް އެއް ކުންފުންނީގެ ގޮތުގައި ފާހަގަކޮށް އުރީދޫއަށް ލިބުނު މި އެވޯޑަކީ އެ ކުންފުނިން މުވައްޒަފުން ބާރުވެރި ކުރުވައި، މުވައްޒަފުންނަށް ހިތްވަރުދީ އަދި އިންކްލޫސިވް މާހައުލެއް ގާއިމުކޮށްފައިވާތީ ލިބުނު އެވޯޑެކެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އަދި މި އެވޯޑަކީ މުވައްޒަފުން މަސައްކަތުގެ ދާއިރާއިން އަމިއްލަ ގޮތުން ބާރުވެރިކުރުވައި، ގުޅުން ބަދަހި މަސައްކަތުގެ މާހައުލެއް އޮންނަ ސަގާފަތެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބާރު ލިބިދިން އެވޯޑެއްގެ ގޮތުގައި އުރީދޫން ސިފަކުރެ އެވެ. އަދި އެތަނަކީ ތަފާތު މަސައްކަތުގެ މާހައުލެއް އޮންނަ ތަނަކަށް ހަދައިދެނީ މުވައްޒަފުން ދޭ އެއްބާރުލުމާއި އެ މުވައްޒަފުންގެ މަސައްކަތުން ކަމަށް އުރީދޫން ބުންޏެވެ.

އޭޝިއާ ޕެސިފިކް ސްޓީވީ އޯވަޑަކީ މި ސަރަހައްދުގައި ދޭ އެންމެ ޕްރިމިއަމް އެއް އެވޯޑެކެވެ. އުރީދޫއަށް ޓެެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް މަސައްކަތުގެ މާހައުލު އޮތް ކުންފުނީގެ ގޮތުގައި ފާހަގަކޮށް އެވޯޑު ލިބުނީ އެ ކުންފުނިން މުވައްޒަފުންގެ އަގުވަޒަންކޮށް، މުވައްޒަފުންގެ ތަރައްގީ އާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫ އަކީ މުވައްޒަފުންގެ ހުނަރުތައް ތަރައްގީ ކުރުމުގެ ގޮތުން ކިޔަވައި ދިނުމާއި ތަމްރީނުތައް ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދޭ ކުންފުންޏެކެވެ. އަދި މިއީ މުވައްޒަފުންގެ ދުޅަހެޔޮކަމާއި ތަރައްގީއަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.