05 އޯގަސްޓް 2025 - 13:35

ޅ. ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދާތާ ތިން ދުވަސް ވެއްޖެ އެވެ.
ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، 15، ކަމަށެވެ.
މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ގެއްލިގެން ހޯދަން އިއުލާނުކުރި ކުއްޖެކެވެ.
އެ ކުއްޖާ ގެއްލިފައިވާ ކަމުގެ ރިޕޯޓް އާއިލާގެ ފަރާތުން ފުލުހުންނަށް ދީފައިވާތީ ވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، ނައިފަރުގައި އެ ކުއްޖާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 10:25 ހާއިރު ކަމަށާއި އޭގެ ފަހުން ޚަބަރެއް ވެފައި ނުވާ ކަމަށެވެ.
"އޭރު ލައިގެން ހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ނުވަތަ ފެނިއްޖެ ނަމަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.