ދީޕިކާގެ ރީލްއަކަށް ދުނިޔޭގެ ރެކޯޑެއް ލިބިއްޖެ
ދީޕިކާގެ ރީލްއަކަށް ދުނިޔޭގެ ރެކޯޑެއް ލިބިއްޖެ

ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯންގެ އިންސްޓަގްރާމް ރީލްއަކަށް ދުނިޔޭގެ ރެކޯޑެއް ލިބިއްޖެ އެވެ.

ދީޕިކާ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އިންސްޓަގްރާމްގައި ޕޯސްޓުކުރި ރީލްއަކަށް މިހާރު ވަނީ 1.9 ބިލިއަން ވިއުސް ލިބިފަ އެވެ. އެއާއެކު، އެ ރީލް މިހާރު ވެފައި ވަނީ އިންސްޓަގްރާމްގައި މިހާތަނަށް އެންމެ ގިނަ ވިއުސް ހޯދި ރީލްއަށެވެ.

އެ ރީލްއަކީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންއަށް ދީޕިކާ ކުޅުނު އިޝްތިހާރެކެވެ.

ދީޕިކާގެ އިންސްޓަގްރާމްގައި 80 މިލިއަނަށް ވުރެ ގިނަ ފޮލޯވާސް ތިބެ އެވެ.

އެ ރެކޯޑް މިހާތަނަށް ދެމެހެއްޓީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ހާދިކް ޕާންޑިޔާ އެވެ. އޭނާގެ ރީލްއަކަށް 1.6 ބިލިއަން ވިއުސް ލިބިފައިވެ އެވެ. އެއީ ބެޓުލްސްގްރައުންޑްސް މޯބައިލް އިންޑިއާއަށް އޭނާ ކުޅުނު އިޝްތިހާރެކެވެ.

ދީޕިކާއަށް ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ޝަރަފު ވެސް ދޭން ނިންމާފައިވާއިރު، އޭނާއަކީ އެ ޝަރަފު ލިބޭ އިންޑިއާގެ ފުރަތަމަ އެކްޓްރެސް އެވެ.

ދީޕިކާއަކީ މިހާރު އިންޑިއާގައި އެންމެ ކާމިޔާބު އަދި އެންމެ އަގުބޮޑު އެކްޓްރެސް ވެސް މެ އެވެ.

އަލަތު ދަރިފުޅު ލިބުނު ފަހުން ދީޕިކާ މިހާރު އިނީ ފިލްމީ މަސައްކަތްތަކާ ދުރުގަ އެވެ. ދީޕިކާ އާއި އޭނާގެ ފިރިމީހާ ރަންވީރް ސިންގަށް އަންހެން ކުއްޖަކު ލިބުނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ފިލްމީ މަސައްކަތްތަކާ މިވަގުތު ދުރުގައި ހުއްޓަސް ދީޕިކާ ވަނީ ބައެއް ފިލްމުތަކަށް މިފަހުން ސޮއިކޮށްފަ އެވެ.