ހިލޭ ކޯލް ކުރުމުގެ ފުރުސަތާއެކު އުރީދޫ ޑޭޓާ ޕެކޭޖުތަކަށް ބަދަލު ގެނެސްފި
ހިލޭ ކޯލް ކުރުމުގެ ފުރުސަތާއެކު އުރީދޫ ޑޭޓާ ޕެކޭޖުތަކަށް ބަދަލު ގެނެސްފި

އުރީދޫގެ ޑޭޓާ ޕެކޭޖުތަކަށް ބަދަލު ގެނެސް، ހިލޭ ކޯލް ކުރުމާއި ވަޓްސްއެޕް އަދި ޓްވިޓާ ބޭނުންކުރުމުގެ ފުރުސަތާ އެކު އާ މޮބައިލް ޑޭޓާ ޕެކޭޖުތަކެއް ތައާރަފް ކޮށްފި އެވެ.

ހިލޭ ކޯލް ކުރުމުގެ ފުރުސަތާއެކު އުރީދޫ ޑޭޓާ ޕެކޭޖުތަކަށް ބަދަލު ގެނެސްފި
ހިލޭ ކޯލް ކުރުމުގެ ފުރުސަތާއެކު އުރީދޫ ޑޭޓާ ޕެކޭޖުތަކަށް ބަދަލު ގެނެސްފި

އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި ގޮތުގައި އަލަށް ތައާރަފް ކުރި ޑޭޓާ ޕެކޭޖުން ލިބޭ ހިލޭ ކޯލް ކުރުމުގެ ފުރުސަތުގައި ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ނަމްބަރަކަށް ވެސް ކޯލްތައް ކުރެވޭނެ އެވެ.

ޑޭޓާ ޕެކޭޖުތަކަށް އުރީދޫން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ބައެއް ޕެކޭޖުތަކުގެ އަގު ހެޔޮ ކޮށް، އަނެއްބައި ޕެކޭޖުތަކުން ލިބޭ ޑޭޓާ އެލަވަންސް ވަނީ އިތުރުކޮށްފަ އެެވެ.

އަލަށް ތައާރަފް ކޮށްފައިވާ ޕެކޭޖުތަކުގެ ތެރޭގައި 149ރ. އަށް ދެ ޖީބީ ލިބޭ ޕެކޭޖަކާއި 249ރ. އަށް ތިން ޖީބީ އާއި ހިލޭ ޓްވިޓާ ލިބޭ ޕެކޭޖެއް ހިމެނެ އެވެ. އަދި ހަ ޖީބީ އާއި ހިލޭ ޓްވިޓާ އަދި 100 މިނެޓު ލިބޭ 399ރ. ގެ ޕެކޭޖެއް ވެސް ތައާރަފް ކޮށްފައިވެ އެވެ.

އުރީދޫގެ ޑޭޓާ ޕެކޭޖުތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޭނުންކުރެވޭ އިރު ސްމާޓްފޯނާއި ބްރޯޑްބޭންޑް ޑިވައިސްތަކަށް ވެސް މި ޕެކޭޖުތައް އެކްޓިވޭޓް ކުރެވޭނެ އެވެ.