03 އޯގަސްޓް 2025 - 10:13

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ދާދިފަހަކާ ޖެހެންދެން ހުންނެވި ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ.
ޝަހީދު ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ވަކީލް އަހުމަދު ނައުޝާދެވެ.
އެ މައްސަލަ ކޯޓުން މިއަދު ބަލައިގެންފައިވީ ނަމަވެސް ވަގުތީ އަމުރެއް ނެރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޝަހީދަކީ ކުރިން ޕީޕީއެމް އަދި ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތް ބޭފުޅެކެވެ.
އެ މައްސަލަ ސިވިލް ކޯޓުން ބަލަައިގަތްއިރު، ހައި ކޯޓަށް އައްޔަންކުރަން ނިންމި އާ ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ޖޭއެސްސީން ވަނީ ހަމަޖައްސައިފަ އެވެ.