ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ޖައްވަށް
ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ޖައްވަށް

ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ޖައްވަށް ފޮނުވާލައިފި އެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އިން މިއަދު ބުނީ ނާސާގެ ސްޕޭސް އެކްސް ކްރޫ-11 އާއެކު ޖައްވަށް ފޮނުވާލީ ހދ. ކުޅުދުއްފުށި އަދި ނ. ކެނދިކުޅުދޫގެ ކަނޑޫފާގައި ހެދޭ ގަސްތަކުގެ އޮށް ނަގައިގެން ކަމަށެވެ.

އެ އޮށްތައް ނެގީ ޖަޒީރާ ގައުމުގެ ގޮނޑުދޮށުގެ ތިމާވެށީގެ ނިޒާމާއި މޫސުމަށް އަންނަ ބަދަލުތަކާ އޮންނަ ގުޅުން ދައްކުވައިދިނުމަށް ކަމަށް އެ އޯގަނިޒޭޝަނުން ބުންޏެވެ،

އެ ފަރާތުން ބުނީ އެއީ ޖައްވީ ދަނޑުވެރިކަމުގެ ދިރާސާތަކަށް ރާއްޖެއިން ފޯރުކޮށްދޭ އެހީތެރިކަން އަންގައިދޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިތުރުން 11 ގައުމެއްގައި ހެދޭ ގަސްތަކުން އޮށް ނަގާފައިވެ އެވެ. އެއީ؛

- އާޖެންޓީނާ

- ބްރެޒިލް

- އެމެރިކާ

- ކޮސްޓަރިކާ

- ގުއަޓަމަލަ

- އިންޑިއާ

- ނައިޖީރިއާ

- ޕާކިސްތާނު

- އަރުމޭނިއާ

- މިސްރު

- ނައިޖީރިއާ

އެމްއެސްއާރުއޯގެ ރައީސް މަދީން މަސީހު ވިދާޅުވީ މިއީ ހަމައެކަނި ސައިންސަށް ވުރެ ބޮޑު ކަމެއް ކަމަށެވެ.

"މި މިޝަނަކީ ހަމައެކަނި ސައިންސަށް ވުރެ މާ ބޮޑު ކަމެއް، މިއީ ކޮން ބައެއްކަން ދައްކުވައިދޭ ރަމްޒެއް. ފުރަތަމަ ފަހަރަށް، ރާއްޖެ ރަމްޒުކޮށްދޭ މެންގްރޫވް އޮށްތައް ޖައްވަށް ގޮސް އަޅުގަނޑުމެންގެ އައިޑެންޓިޓީ އަލުން ކަށަވަރުވެގެން ހިނގައްޖެ. ޖައްވަށް ކުރާ ދަތުރުގައި އަޅުގަނޑުމެން ކަހަލަ މުޖުތަމައުތަކުގެ އަޑުތަކާއި އުއްމީދުތައް ހިމަނައިގެން ދުނިޔޭގެ ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް،" މަދީން ވިދާޅުވި އެވެ.

މި ދިރާސާއަކީ މުސްތަގުބަލުގައި ހިންގާ ޖައްވީ ދަނޑުވެރިކަމުގެ ޕްރޮގްރާމްތަކުގައި މި ގައުމުތަކަށް ނިސްބަތްވާ ގަސްތައް ހިމެނުމަށް، މީގެ ކުރިން ދިރާސާ ކޮށްފައި ނުވާ ބާވަތްތައް ހިމަނައިގެން ކުރާ އެކްސްޕެރިމެންޓެކެވެ.

އޮށްތައް އަނބުރާ ދުނިޔެއަށް ގެނެސް، އެ އޮށްތަކުން ސައިންޓިފިކް އެނަލިސިސްއެއް ހަދަން ވަނީ ނިންމައިފަ އެވެ. އެއީ މައިކްރޯގްރެވިޓީގެ ސަބަބުން ކްރޮޕް ރެޒިލިއަންސް އާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ސްޕޭސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގިނަ މިޝަންތަކުގެ ތެރެއިން ފުރަތަމަ މިޝަން އެވެ.