މައިކަލް ޖެކްސަންގެ ދާ އިސްޓާކީނެއް 8،800 ޑޮލަރަށް ވިކިއްޖެ
މައިކަލް ޖެކްސަންގެ ދާ އިސްޓާކީނެއް 8،800 ޑޮލަރަށް ވިކިއްޖެ

އޯވަޑޯޒް ވެގެން މަރުވި ޕޮޕް ސުޕަސްޓާ މައިކަލް ޖެކްސަން 1990ގެ ތެރޭ ފްރާންސްގައި ޝޯއެއް ދިން އިރު އެރުމަށް ފަހު ނުދޮވެ އޮތް އިސްޓާކީނެއް 8،822 ޑޮލަރަށް ވިކިއްޖެ އެވެ.

މިއީ ފްރާންސްގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނިމްސްގައި ބޭއްވި ކޮންސެޓަށް ފަހު ޖެކްސަންގެ ޑްރެސިން ރޫމް ކައިރިއަށް އެއްލާލާފައި އޮއްވައި 1997 ވަނަ އަހަރުގެ ޖުލައި މަހު ޓެކްނީޝަނަކަށް ފެނުނު އިސްޓާކީނެކެވެ. ވިދާ މި އިސްޓާކީނުގެ ފެނުނީ އެންމެ ކިބައެކެވެ.

"ކިންގް އޮފް ޕޮޕް" ގެ ގޮތުގައި ޝޯތައް ދެމުން ދިޔަ ޖެކްސަން އެ ދުވަސްވަރު ކުރިއަށް ގެންދިޔަ "ހިސްޓޯރީ ވޯލްޑް ޓުއާ" ގައި އެރީ ހުދު ކުލައިގެ އެތުލެޓިކް އިސްޓާކީނަކަށެވެ. އެއީ ވިދާ ސްޓޯންތަކެއް ބޭނުންކޮށްގެން ހަދާފައިވާ އެއްޗެކެވެ.

އެ ޓުއާގައި ޖެކްސަން ހުށަހެޅި "ބިލީ ޖީން" ލަވައިގައި މި އިސްޓާކީނަށް އަރައިގެން ހުންނާތީ ފެނެ އެވެ.

އޭގެ އެތައް އަހަރެއް ފަހުން މިހާރު އެ އޯފް-ވައިޓް އިސްޓާކީނު އޮތީ ވަރަށް ބޮޑަށް ރަތްވެފަ އެވެ.

ފުރަތަމަ 3،000-4،000 ޔޫރޯ (3،400-4،500 ޑޮލަރު) އާ ދެމެދުގައި އަގު ހުރި މި އިސްޓާކީނު ނިމްސްގެ ނީލަމުގައި ވިކުނީ 7،688 ޔޫރޯ (8،822 ޑޮލަރު) އަށެވެ.

މަކާއޯގެ ގޭމިން ރިސޯޓަކުން 2009 ވަނަ އަހަރު ވަނީ ޖެކްސަން 1983 ވަނަ އަހަރު، ފުރަތަމަ ފަހަރަށް "މޫންވޯކް" ޕާފޯމް ކުރި އިރު ލައިގެން ހުރި ވިދާ އަންގި 350،000 ޑޮލަރަށް ގަނެފަ އެވެ. އެ ޕާފޯމަންސްގެ ކުރިން އޭނާ އަޅައިގެން ހުރި ތޮތްޕެއް 2023 ވަނަ އަހަރު ޕެރިހުގައި 80،000 ޑޮލަރަށް ވުރެ ބޮޑު އަގަކަށް ވެސް ވިކިފައިވެ އެވެ.

ޖެކްސަން 2009 ވަނަ އަހަރު އުމުރުން 50 އަހަރުގައި މަރުވީ އޯވަޑޯޒް ޖެހިގެންނެވެ. ދުނިޔޭގައި ނެތަސް އޭނާގެ ސަޕޯޓަރުން އަދިވެސް ގިނަ އެވެ. -- އޭއެފްޕީ