28 ޖުލައި 2025 - 22:05

މޯލްޑިވިއަން އެއާލައިންގެ ބޯޓުތަކުގައި ރާއްޖޭގެ ނަން ތާނައިން ލިޔަން ފަށައިފި އެވެ.
ގައުމީ އެއާލައިނުން ބުނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ބޯޓުތަކުގައި "ދިވެހިރާއްޖެ" ނަން ލިޔަން ފަށާފައިވާ ކަމަށެވެ. ރާއްޖޭގެ ނަން ތާނައިން ލިޔެފައި ހުރީ މޯލްޑިވިއަންގެ ބޯޓުތަކުގެ ބޭރުގައި ކުރަހާފައިވާ ރާއްޖޭގެ ދިދައިގެ ތިރީގަ އެވެ.
އެކަމާ ގުޅިގެން ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރު އާދަމް ނަސީރު ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތަކުގައި ރާއްޖޭގެ ނަން ތާނައިން ލިޔުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިއަށް އެޅި އުފާވެރި ފިޔަވަޅެއް ކަމަށެވެ.
މޯލްޑިވިއަންގެ ބޯޓުތަކުގައި އެއާލައިންގެ ނަން ބޮޑުކޮށް ޖަހާފައި އޮންނަނީ އިނގިރޭސި ބަހުންނެވެ.