ލަންކާގެ ރައީސް ޑިސަނަޔަކެ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގެންފި
ލަންކާގެ ރައީސް ޑިސަނަޔަކެ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގެންފި

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު ރާއްޖެ އަށް ވަޑައިގެންފި އެވެ.

ލަންކާގެ ރައީސް ޑިސަނަޔަކެ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގެންފި
ލަންކާގެ ރައީސް ޑިސަނަޔަކެ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގެންފި

ޑިސަނަޔަކެ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ލަންކާގެ ރައީސް ޑިސަނަޔަކެ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގެންފި
ލަންކާގެ ރައީސް ޑިސަނަޔަކެ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގެންފި

ރައީސް މުއިއްޒުގެ ދައުވަތަކަށް ޑިސެނަޔަކެ ތިން ދުވަހުގެ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވިއިރު، ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މި އަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.

މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ދެވަނަ ލީޑަރެވެ. މި ސަރުކާރު އައި ފަހުން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. ރައީސް މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. ދެ ދުވަހުގެ އެ ދަތުރުފުޅުގައި ދެ ގައުމުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރި އެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، ލަންކާގެ ރައީސް ޑިސަނަޔަކެގެ ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޑިސަނަޔަކެ، ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާނެ އެވެ.

ޑިސަނަޔަކެ އަށް ރަސްމީކޮށް ރާއްޖެ އިން މަރުހަބާ ދެންނެވުން އޮންނާ މިއަދުގެ މެންދުރުފަހު ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. އޭގެ ފަހުން ރައީސް އޮފީހުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް އަދި އެމްއޯޔޫތަކެއްގައި ސޮއިކުރުން އޮންނާނެ އެވެ.