ޓާމިނަލްގެ 70 ޕަސެންޓު ނިންމީ މި ސަރުކާރުން: ޝަރީފު
ޓާމިނަލްގެ 70 ޕަސެންޓު ނިންމީ މި ސަރުކާރުން: ޝަރީފު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލްއާ އޭނާ ހަވާލުވެވަޑައިގަތްއިރު އާ ޓާމިނަލްގެ ނިމިފައި އޮތީ 30 ޕަސެންޓު ކަމަށާއި ބާކީ 70 ޕަސެންޓު މަސައްކަތް ނިންމީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ޓާމިނަލްގެ 70 ޕަސެންޓު ނިންމީ މި ސަރުކާރުން: ޝަރީފު
ޓާމިނަލްގެ 70 ޕަސެންޓު ނިންމީ މި ސަރުކާރުން: ޝަރީފު

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެން، އެ ޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް ބެއްލެވިއިރު، އެ ތަނުގެ މުހިއްމު ގިނަ މަސައްކަތްތައް ހުރީ ނުނިމި ކަމަށެވެ. އޭގެ ތެރޭގައި ހެޑް އޮފް ސްޓޭންޑް ރޯޑު ނުވަތަ މަތިންދާބޯޓުތައް ޓާމިނަލާ ކައިރި ކުރަން ބޭނުންވާ މަގު ހެދުމާއި ޕަވަ ޖެނެރޭޝަން ސިސްޓަމާއި ފެނާއި ނަރުދަމާގެ އިތުރުން ކޮމާޝަލް ޖާގަތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޑީ ވިދާޅުވި އެވެ.

ޓާމިނަލްގެ 70 ޕަސެންޓު ނިންމީ މި ސަރުކާރުން: ޝަރީފު
ޓާމިނަލްގެ 70 ޕަސެންޓު ނިންމީ މި ސަރުކާރުން: ޝަރީފު

އޭނާ ވިދާޅުވީ، އެ ހުރިހާ މަސައްކަތްތަކެއް އަވަސް ކުރެވުނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ ތެރެއިން ކުރި މަސައްކަތުން ކަމަށެވެ.

ޓާމިނަލްގެ 70 ޕަސެންޓު ނިންމީ މި ސަރުކާރުން: ޝަރީފު
ޓާމިނަލްގެ 70 ޕަސެންޓު ނިންމީ މި ސަރުކާރުން: ޝަރީފު

"ކަރަންޓު ދެވޭނެ ގޮތެއް ނެތް، ކަރަންޓުގެ ވިއުގާއެއް ވެސް ނެތް. ނިޒާމެއް ނެތް، ފެން ހިނގާނެ ގޮތެއް ނެތް. ތަނަކަށް ބޭނުންވާ 12 މެގަ ވޮޓްގެ ކަރަންޓްގެ ނިޒާމު ގާއިމް ކުރީ އެ ތަނުގެ ހީވާގި އަތްތަކުން،" އޭނާ ވިދާޅުވި އެވެ.

އެހާ އަވަހަށް އެ މަސައްކަތް ކުރެވުނީ، އެމްއޭސީއެލްގެ ޓީމުގެ ބުރަ މަސައްކަތުން ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ޓާމިނަލް ނިންމުމާ ހަމައަށް އައި އިރު އެކްޓިވް ޑިއުޓީގައި އުޅެފައި އިތުރު ގަޑީގައި އައިސް މަސައްކަތްތައް ކުރަމުން ދިޔަ މުވައްޒަފުންގެ އަގު ވަޒަން ކޮށްލުމަކީ މި ހިނދުގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެން،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވިގޮތުގައި، އާ ޓާމިނަލާ އެކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ހޯދޭނެ މަންޒަރު އޭނާ އަށް މިހާރު ވެސް ސިފަ ކުރެއްވެ އެވެ. ކުރިއަށް އޮތްތަނުގައި ހުރިހާ އެއާލައިންތަކެއްގެ ހިދުމަތް އެ ޓާމިނަލުން ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރީ ސައުދީ ބިންލާދިން ގްރޫޕުންނެވެ. އެ މަޝްރޫއު އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރު އެވެ. ނުވަ އަހަރު ފަހުން އެ މަސައްކަތް ނިންމާ، އެ ތަން ހުޅުވި އިރު އެ ޕްރޮޖެކްޓަށް 457 މިލިއަން ޑޮލަރު (ހަތް މިލިއަން ރުފިޔާ) އެވެ.

އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީގެ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސް ވާނެ އެވެ.