26 ޖުލައި 2025 - 17:59

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި ހެވިކަމުގެ ކުޅިވަރުތައް މިއަދު ބާއްވައިފި އެވެ.

ދިވެހި ސަގާފަތާ ގުޅޭ މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ކުޅިވަރުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތަކާއި ކެޑޭޓުކޯގެ ޕެރޭޑާއި ސްކޫލު ކުދިން ޖަމިއްޔާއެއްގެ ނެށުންތަކާއި ރާއްޖޭގެ ސަފާގަތް ދައްކާލި އެވެ.

އެތައް ސަތޭކަ ބަޔަކު ބައިވެރިވި ކުޅިވަރުތަކުގައި ވަނީ ރާއްޖެއަށް މިނިވަންކަން ހޯދަން ކުރި ދަތުރާއި އުމްރާނީ ތަރައްގީ ގެނައުމަށް ކުރި މަސައްކަތްތައް ދައްކުވައިދީފަ އެވެ.

މިނިވަން 60 ފާހަގަކުރަން ބޭއްވި ހެވިކަމުގެ ކުޅިވަރުތައް ބެއްލެވުމަށް، ރަސްމީ ދަތުރުފުޅުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި އެވެ.
އެ ކުޅިވަރުތައް ބެއްލެވުމަށްފަހު މޯދީ ވަނީ ރާއްޖެއިން ފުރާވަޑައިގެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފަ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމާފައިވަނީ މާދަމާ ހެނދުނު 8:30 ގަ އެވެ. އޭގެ އިތުރުން، މާދަމާ ހަވީރު މާލޭގައި ޕެރޭޑު އަދި މާދަމާ ރޭ ފުޅަނދުބުރު ބާއްވަން ވަނީ ނިންމައިފަ އެވެ.