26 ޖުލައި 2025 - 16:05

މިނިވަން ދުވަހުގެ ހަރަކާތްތަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރި އެންގުން ބާތިލްކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ކުރިން ބުނީ ބުނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް މިއަދު މެންދުރު ފަހު 3:00 އިން އިރުއޮއްސި 6:30 އަށް މާލޭގައި ހުރިހާ ވައްތަރެއްގެ އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ.
ނަމަވެސް، އެ އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި އިއުލާނުގައި ބުނީ އެއްގަމު އުޅަނދު ދުއްވުން މަނާކުރި އެންގުން ބާތިލްކޮށްފައިވާ ކަމަށެވެ.
އެކަމަކު، މިނިވަންދުވަހުގެ ހަރަކާތްތަކަށް ބަންދުކޮށްފައިވާ ސަރަހައްދުގައި އުޅަނދު ދުއްވުން މަނާވާނެ ކަމަށް ބުންޏެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ތައްޔާރުވަމުންނެވެ.
އޭގެ ތެރެއިން ޖުމްހޫރީ މައިދާނުގައި ހަވީރު 4:15 ގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސިފައިންގެ ޕެރޭޑާއި ސްކޫލު ކުދިންގެ ހަރަކާތްތައް މާދަމާ މާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެ އެވެ.