26 ޖުލައި 2025 - 11:31

ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރް ދެން ކުޅޭނީ ޑައިރެކްޓަރު ވިޝާލް ބަރްދަވާޖުގެ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ސާތު ކޫން މާފް" އާއި "ހޫފިޔާ" ކަހަލަ ފިލްމުތައް ގެނެސްދީފައިވާ ވިޝާލްގެ އެ ފިލްމުގެ ނަމަކީ "ރޯމިއޯ" އެވެ.
އެ ފިލްމުގެ ޝޫޓިން މި އަހަރު ކުރީކޮޅު ފަށާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޝާހިދުއާއެކު އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ ޓްރިޕްތީ ދިމްރީ އާއި ޑިޝާ ޕަޓާނީ އެވެ.
އެ ފިލްމުން ފެންނާނެ ކަމަށް ބެލެވޭ އިތުރު ކާސްޓުންގެ ތެރޭގައި ވިކްރާންތު މަސީ، ދިއާ މިރްޒާ، ނާނާ ޕަޓޭކަރް، ރާމް ކަޕޫރް، ޝަކްތީ ކަޕޫރް، ރަންދީޕް ހޫޑާ އަދި ފަރީދާ ޖަލާލް ހިމެނެ އެވެ.
"ރޯމިއޯ" ސިނަމާތަކަށް ގެންނަނީ އަންނަ ޑިސެމްބަރު މަހު ފަހެއްގަ އެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖެނުއަރީ މަހު ގެނެސްދިން "ދޭވާ" އެވެ. އެކަމަކު، ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.