ރިތިކްގެ "ވޯ 2"ގެ ޓްރެއިލާ އާންމުކޮށްފި
ރިތިކްގެ "ވޯ 2"ގެ ޓްރެއިލާ އާންމުކޮށްފި

ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ ތަރި، އެންޓީއާރު ޖޫނިއާ ލީޑު ރޯލު ކުޅޭ "ވޯ 2" ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

މި ފިލްމު ގެނެސްދޭ ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އިއްޔެ އާންމުކުރި ދެ މިނެޓާއި 35 ސިކުންތުގެ ޓްރެއިލާގައި ވަނީ ފިލްމުގެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމަކީ ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.

"ވޯ 2"ގައި ލީޑު އަންހެން ރޯލު ކުޅެނީ ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ އެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސް ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވޯ 2" އަކީ 2019 ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފުރަތަމަ ބައިގެ ސީކުއެލްއެކެވެ. މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ 2022 ވަނަ އަހަރު ނުކުތް "ބްރަހަމާސްތުރީ"ގެ ޑައިރެކްޓަރު އަޔަން މުކަރުޖީ އެވެ.

މި ފިލްމު ރިލީޒްކުރަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް އަންނަ މަހު 14 ގަ އެވެ.

ރިތިކް ކުޅޭ އިތުރު ފިލްމެއް މި އަހަރު ކުރިއަށް އެބައޮތެވެ. އެއީ އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ، ހަމަ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމެއް ކަމަށްވާ "އަލްފާ" އެވެ. އެ ފިލްމުގައި ލީޑު ރޯލު ކުޅެނީ ބޮލީވުޑްގެ ތަރި އާލިއާ ބަޓެވެ.