އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ހަދިޔާކޮށްފި
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް މިއަދު ހަދިޔާކޮށްފި އެވެ.

އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ހަދިޔާކޮށްފި
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ހަދިޔާކޮށްފި

އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ހަފްލާއެއްގައި ހޮސްޕިޓަލްތަކާ ހަވާލުވެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

"އަރޯގްޔާ މައިޓްރީ ހެލްތު ކިއުބްސް" އަކީ އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް، ގިނަ ހިދުމަތްތަކާ އެކު ހެދި މިފަދަ ފުރަތަމަ ޕޯޓަބަލް ހޮސްޕިޓަލެވެ.

ކޮންމެ ތަނެއްގައި ވެސް ބަހައްޓާލެވޭ އެ ހޮސްޕިޓަލްތަކުން އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެކްސް-ރޭ އަދި އެމެޖެންސީ ހިދުމަތްތައް ލިބޭނެ އެވެ.

ޕަވަ ޖަނަރޭޓަރާ ވެސް އެކު ހުންނަ މި ހެލްތު ކިއުބްގައި ލޭގެ ޓެސްޓްތައް ހަދަން ބޭނުންވާ ސާމާނު ވެސް ހުންނަ އިރު މިއީ ބޮޑެތި ކާރިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ އެއްޗެކެވެ. މިއިން ކިއުބަކުން މެދުނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭނެ އެވެ. އަދި 200 މީހުންނަށް ފަރުވާދެވޭނެ އެވެ. ހެލިކޮޕްޓަރާއި ޕެރަޝޫޓްގައި ވެސް ކޮންމެ ތާކަށް ވެސް ގެންގޮސް ބޭނުން ކުރެވޭ މި ކިއުބްގެ ސެޓްއަޕް ރާވައި، ފަރުވާގެ ކަންކަން ފެށުމަށް ހޭދަވާނީ އެންމެ 12 މިނެޓެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ހޮސްޕިޓަލްތައް ހިންގާނީ އެ މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސްއިން ކަމަށެވެ. ރާއްޖޭގައި އެ ބޭނުން ކުރުމަށް ޓްރެއިން ތަނެއް ހިންގާފައިވާ ކަމަށާއި ރާއްޖޭގެ 20 މީހަކު އެ ތަމްރީންތަކުގައި ބައިވެރިވި ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި ބަޔޯމެޑިކަލް ތަޖުރިބާކާރުން އަދި ނަރުހުން ހިމެނެ އެވެ.