ދިރާގު ކަސްޓަމަރުންނަށް "ހޮޓް ޑީލްސް"ތަކެއް
ދިރާގު ކަސްޓަމަރުންނަށް "ހޮޓް ޑީލްސް"ތަކެއް

ދިރާގު ކަސްޓަމަރުންނަށް އަގު ހުރި އޮފާތައް ލިބޭ "ހޮޓްޑީލްސް" ތައާރަފްކޮށްފި އެވެ.

މި ޑީލްތަކަކީ #225* އަށް ޑައިލްކޮށްގެން ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެކި އޮފާތައް ލިބޭ ޑީލެކެވެ. މި ނަމްބަރަށް ޑައިލް ކުރުމަށް ފަހު، ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަކު ބޭނުން އޮފާއެއް ހިޔާރުކޮށް ވަގުތުން އެކްޓިވޭޓު ކުރެވޭނެ އެވެ.

މި އޮފާތަކުގެ ތެރޭގައި ބޯނަސް ޑޭޓާގެ އިތުރުން ކަނޑައެޅިފައިވާ އެޑް-އޮންތަކުން ހިލޭ ގުޅޭ މިނިޓްސް، ހިލޭ އައިމޯ އަދި ހިލޭ ޓިކްޓޮކް ހިމެނެ އެވެ. މި އޮފާތަކުން ކަސްޓަމަރުންނަށް އަގުހުރި ފައިދާތައް ލިބޭނެ އެވެ.

ދިރާގުން އަންނަނީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަ ކޮށްގެން އެންމެ ރަނގަޅު އޮފާތައް އެންމެ ހެޔޮ އަގުގައި ފޯރުކޮށްދެމުންނެވެ.