24 ޖުލައި 2025 - 11:33

އައިޖީއެމްއެޗްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރަން އޯޕީޑީ ވޯކްވޭ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނީ މިރޭ 9:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ދަންވަރު 3:00އާ ހަމައަށް އެ ސަރަހައްދު ބަންދު ވާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ ގޭޓު 1 އާންމުންނަށް ބަންދު ކުރަން ނިންމާފައިވާއިރު ހޮސްޕިޓަލަށް ވަނުމަށް ދެން ބޭނުން ކުރެވޭނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރި ގޭޓު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޑައިލިސިސް ސެންޓަރަށްދާ މީހުން، އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރަން ވެސް އައިޖީއެމްއެޗުން ވަނީ އެދިފަ އެވެ.
އަދި ސްޓްރޯކް ސެންޓަރު، އީއެންޓީ ވޯޑުގެ އެޗްޑީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.