އާ ޓާމިނަލާ އެކު ފުރަތަމަ އަހަރު ވެސް 7-8 ޕަސެންޓަށް އާމްދަނީ އިތުރުވާނެ: ޝަރީފު
އާ ޓާމިނަލާ އެކު ފުރަތަމަ އަހަރު ވެސް 7-8 ޕަސެންޓަށް އާމްދަނީ އިތުރުވާނެ: ޝަރީފު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަކީ، އެމްއޭސީއެލް ކުންފުންޏެއްގެ ގޮތުގައި ފުޅާވުމަށް ލިބުނު މުހިއްމު ފުރުސަތެއް ކަމަށާއި އެ ޓާމިނަލް ބޭނުން ކުރަން ފެށުމަށް ފަހު ފުރަތަމަ އަހަރު ވެސް އާމްދަނީ އަށް 7-8 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާ ޓާމިނަލާ އެކު ފުރަތަމަ އަހަރު ވެސް 7-8 ޕަސެންޓަށް އާމްދަނީ އިތުރުވާނެ: ޝަރީފު
އާ ޓާމިނަލާ އެކު ފުރަތަމަ އަހަރު ވެސް 7-8 ޕަސެންޓަށް އާމްދަނީ އިތުރުވާނެ: ޝަރީފު

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އާ ޓާމިނަލާ އެކު، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭއިރު، ވީއައިއޭގެ ހިދުމަތްތައް ފުޅާކުރާނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް އެއާޕޯޓުގެ 95 ޕަސެންޓް ބޭނުން ކުރަނީ ޓޫރިސްޓުން ކަމަށާއި ޓޫރިޒަމް ފުޅާވާ ވަރަކުން އެމްއޭސީއެލް އަށް ފައިދާ އިތުރުވާނެ ކަމަށެވެ.

އާ ޓާމިނަލާ އެކު ފުރަތަމަ އަހަރު ވެސް 7-8 ޕަސެންޓަށް އާމްދަނީ އިތުރުވާނެ: ޝަރީފު
އާ ޓާމިނަލާ އެކު ފުރަތަމަ އަހަރު ވެސް 7-8 ޕަސެންޓަށް އާމްދަނީ އިތުރުވާނެ: ޝަރީފު

"އާ ޓާމިނަލާ އެކު އެއާލައިންތަކަށް އިތުރު ސްލޮޓް ދެވޭނެ، އެއާލައިންތަކުން ބޭނުންވާ ވަގުތުތަކުގައި. އެއީ ހެނދުނު ހަޔަކުން ފެށިގެން ހަވީރު ތިނެއް ޖެހުމާ ދޭތެރޭ. އެއީ ވަޑައިގަންނަވަން ބޭނުންވާ ވަގުތަކީ. އެ ގަޑިތަކަށް ސްލޮޓް އިތުރު ކުރެވޭނެ،" އެމްޑީ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވިގޮތުގައި، އާ އެއާލައިންތަކަށް ފުރުސަތު ދީ، ނުވަތަ މިހާރު ވެސް ހިދުމަތް ހޯދަމުން އަންނަ އެއާލައިންތަކުގެ ފްލައިޓްތައް އިތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އޭނާ ވިދާޅުވީ، އަހަރުގެ ފަހުކޮޅުގައި ނުވަތަ އެއާޕޯޓުގެ އެންމެ ސުޕަ ފީކް ދުވަސްތަކުގައި ވަރަށް ގިނަ އެއާލައިންތަކުން ސްލޮޓްތައް ބޭނުންވާ ކަމަށާއި އެހެންވެ، އެކަމަށް ހައްލެއް ހޯދޭނެ ކަމަށެވެ.

އެއާލައިންތަކުން ބޭނުންވި ނަމަވެސް މިހާތަނަށް އެ ޖާގަތައް ނުދެވެނީ އެ ވަރުގެ ކެޕޭސިޓީއެއް ނެތުމުންނެވެ.

ޝަރީފު ވިދާޅުވީ، ހިދުމަތް ފޯރުކޮށްދެވޭ އެއާލައިންތައް އިތުރުކޮށްގެންނާއި ޑިއުޓީ ފްރީ އާއި އެ ނޫން ހިދުމަތާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 7-8 ޕަސެންޓަށް އިތުރު ކުރެވޭ އިރު އޭގެ ފަހުން އަންނަ އަހަރުތަކުގައި އާމްދަނީ 15 ޕަސެންޓަށް ވެސް އިތުރު ކުރެވޭނެ ކަމަށެވެ.

އެމްއޭސީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން އަންނަ އެއް ކުންފުންޏެވެ. މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އޮޑިޓް ރިޕޯޓުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް ލިބިފައިވަނީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު ފައިދާއެކެެވެ. އެ ކުންފުންޏަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ލިބުނު އިރު އާމްދަނީ ވެސް ވަނީ 11 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 8.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

- 47 ޗެކިން ކައުންޓަރު

- ހަ ސެލްފް ސާވިސް ކައުންޓަރު

- 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރު

- 28 އެރައިވަލް އިމިގްރޭޝަން ކައުންޓަރު

- ހަ ޕެސެންޖާ ބޯޑިން ގޭޓް

- ފަސް ބެގޭޖް ކްލެއިމް ބެލްޓް

- 14 އެސްކަލޭޓާސް

- 4 ވޯކަލޭޓާސް

- 41 އެލިވޭޓާ

- ޕްރޮޖެކްޓްގެ އަގު : 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ)

އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހުގެ ރޭ ހުޅުވާ އިރު ފަސިންޖަރުންނަށް ދޭ ހިދުމަތްތަކުގެ ސްޕީޑު ވެސް 30 ޕަސެންޓް އިތުރުވާނެ އެވެ.