22 މާޗް 2017 - 15:51

ދިވެހިންގެ މެދުގައި މަގުބޫލް "ޓޭންގް" ޖޫހުގެ ހާއްސަ ޕްރޮމޯޝަނެއް ޕިރަމިޑް ފިހާރައިން އިއްޔެ ފަށައިފި އެވެ.

އެ ފިހާރައިގެ އޮފިޝަލަކު ވިދާޅުވީ މި ޕްރޮމޯޝަން ފެށީ ރޯދަ މަހާ ދިމާކޮށް ކަސްޓަމަރުންނަށް ހެޔޮ އަގުގައި ޖޫސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ. މި ޕްރޮމޯޝަން އަންނަ އޭޕްރިލް 30ގެ ނިޔަލަށް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
"މި ޕްރޮމޯޝަންގައި އެންމެ ބޮޑު ސޭވިންއެއް ލިބޭނީ ހޯސޭލަރުންނަށް. ހަމަ އެގޮތަށް ރީޓެއިލަރުންނަށް ވެސް އެއް ކޭސް ނެގުމުން ދެ ޕެކެޓް ޖޫސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ޓޭންގް ޖޫހުގެ ޕްރޮމޯޝަންގެ ދަށުން ހޯސޭލްކޮށް ގަންނަ ފަރާތްތަކަށް ކޮންމެ ރަހައެއްގެ ފަސް ކޭސް ގަންނަ ނަމަ ކޮންމެ ކޭހަކަށް ހަތަރު ޕެކެޓް ހިލޭ ދޭން ވަނީ ނިންމައިފަ އެވެ.
ކްރާފްޓް ކުންފުނިން އުފައްދާ ޓޭންގް ޖޫހުގެ އޮރެންޖް، އަނބު، އަލަނާސި، މޭބިސްކަދުރު، ސްޓްރޯބެރީ ކޭހެއްގައި 175 ގްރާމްގެ 24 ޕެކެެޓް ހިމެނެ އެވެ.