އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

ސަރުކާރުން ހިންގާ އެންމެ މުއްސަނދި އެއް ކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމާ އޭނާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ވަދެވަޑައިގަންނަވަން ޖެހުނީ ހަމައެކަނި "ރާނައި އުވަޖަހާފައި" ހުރި އާ ޓާމިނަލްގެ ކޮންސްޓްރަކްޝަން ސައިޓަށެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވަމުން އިބްރާހިމް ޝަރީފު މުހައްމަދުގެ ކޮންމެ ދުވަހެއްގެ އެންމެ އިސް ޒިންމާއަކަށްވީ ނުވަ އަހަރުވީ ތަން ނިންމުމެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

އޭނާގެ ކުރިމަތީގައި ހުރީ ބޮޑެތި ހުރަސްތަކެވެ. އިތުރަށް ފައިސާ ބޭނުންވެ އެވެ. ޓާމިނަލްގެ އިމާރާތް ކޮޅަށް ނަގާފައި ހުއްޓަސް ހިދުމަތް ފަށަން ބޭނުންވާ އެއްވެސް ކަމެއް ނިމިފައެއް ނެތެވެ. ބައެއް މަސައްކަތްތަކުގައި ހުރީ އަތް ވެސް ނުލަ އެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ޓައިމްލައިނަށް ހުރިހާ ކަމެއް ފައްތަން ޖެހުނެވެ. އެހެންވެ، އެންމެ ފުރަތަމަ ކުރެއްވި ކަމަކީ "ކްރިޓިކަލް ޕާތް އެނަލިސިސް" އެއް ހަދައި ޓާމިނަލް އެންމެ އަވަހަށް ހުޅުވޭނެ މަގު ފަހި ކުރުވުމެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

އަންނަ ހޮނިހިރު ދުވަހުގެ ރޭ ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ޝަރީފުގެ ވާހަކަ ފެއްޓެވީ އެ ހިސާބުންނެވެ. ގޮންޖެހުންތަކުގެ ވާހަކައިންނެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

ޝަރީފު މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ކުރީކޮޅު އިތުރަށް ހޭދަކުރެއްވީ ކުރީގެ ސަރުކާރުގެ ހާއްސަ އިސް ނެންގުމެއްގެ ތެރެއިން ހަމަޖެހިފައި ހުރި ފައިސާ އެވެ. ޓާމިނަލަށް ހޭދަކުރި 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ ތެރެއިން 157 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ) ހަމަޖެހުނީ މިދިޔަ އަހަރު އެވެ. އެއީ ވެސް މަސައްކަތް އަވަސްކުރުމަށް ލިބުނު ބޮޑު އުންމީދެކެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

"ރާނައި އުވަޖެހުން ފިޔަވައި އިތުރު ކަމެއް ނެތް އެތަނުގައެއް. އަޅުގަނޑުމެން މި ހެދި ގޮތަކީ އެތެރޭގެ ޓީމާ އެކު ޕްރޮޖެކްޓްގެ ވިޒިބިލިޓީ ހޯދީ. ކޮން ކަމެއް، ކިހާ ވަރެއް، ކޮން މުއްދަތަކަށްތޯ ކުރެވޭނީ؟" އޭނާ ވިދާޅުވި އެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

އެންމެ ބޮޑު ހުރަހަކަށް ދިމާވީ، ހެޑް އޮފް ސްޓޭންޑް ރޯޑު ނުވަތަ މަތިންދާބޯޓުތައް ޓާމިނަލާ ކައިރިކުރަން ބޭނުންވާ މަގު ހެދުމުގެ މަސައްކަތް ވެސް ނުފަށައި އޮތުމެވެ. އެއީ ޓާމިނަލް ބޭނުން ކުރަން ފަށާ އިރު އެންމެ މުހިއްމު އެއް މަގެވެ. އެހެންވެ، އެ ތަން ހަވާލުކޮށް މިހާރު އެ ވަނީ ނިންމާލައިފަ އެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

"ހެޑް އޮފް ސްޓޭންޑް ރޯޑު ބޭނުންކޮށްގެން ފިއުލް ބައުޒަރުތަކާއި ބަސްތަކާއި ބެގޭޖު ކާޓުތައް ދުއްވާނީ. އޭގެ ދަށުގައި ހުންނާނެ ކަރަންޓާއި ޓެލެކޮމިއުނިކޭޝަނާއި ފެނާއި ސުވަރޭޖާއި މި ހުރިހާ ސާވިސްތަކެއް. އެހެންވީމާ އެކަން ފުރަތަމައިނުން ކުރީ،" ޝަރީފު ވިދާޅުވި އެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

ޝަރީފު ވިދާޅުވީ، އާ ޓާމިނަލް އޮޕަރޭޝަނަށް ގެންނަން ބެލިއިރު އެމްއޭސީއެލްގައި އޭރު ހުރި ޕަވާ ޖެނެރޭޝަނަކީ، އާ ޓާމިނަލްގެ އޮޕަރޭޝަނަށް ބޭނުން ކުރެވޭ ވަރުގެ ކުޑަ ކެޕޭސިޓީއަކަށް ވާތީ 16 މެގަ ވޮޓަށް ޕަވަ ޖެނެރޭޝަން އިތުރު ކުރަން ޖެހުނު ކަމަށެވެ. އެ އަށް ބޭނުންވާ ހައި ވޯލްޓޭޖް ކޭބަލް ނެޓްވޯކް ވެސް ގާއިމް ކުރި އެވެ. ފެން އުފައްދާ ނިޒާމު ހަރުދަނާކޮށް ބޭނުންވާ ޕައިޕްލައިންތައް އެޅި އެވެ. އެއީ ޓާމިނަލްގެ ކޮންސްޓްރަކްޝަން ނިމުނު ނަމަވެސް އޮޕަރޭޝަނަށް ގެންނަން ޑިލޭތައް ކުރިމަތިވާނެ ކަންކަމެވެ. އެހެންވެ، ޓާމިނަލްގެ ފިނިޝިން މަސައްކަތްތަކާ އެއް ވަރަށް އެތަނުގެ ހިދުމަތް ފެށުމަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ދިޔައީ ޕެރަލަލްކޮށް ކުރަމުންނެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

ކޮމާޝަލް އޭރިއާގެ ތެރެއިން ކެފޭތަކާއި ޑިއުޓީ ފްރީ އައުޓްލެޓްތަކުގެ މަސައްކަތްތައް އަދިވެސް އަންނަނީ ކުރަމުންނެވެ. އާ ޓާމިނަލް ހުޅުވާއިރު، އެ ތަނުގައި ހަމައެކަނި ބޭނުން ކުރާނީ ޑިއުޓީ ފްރީ ތިން އައުޓްލެޓެވެ. އަދި ބޭނުންކުރާނީ ތިން ރެސްޓޯރަންޓެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

ޝަރީފު ވިދާޅުވީ، އާ ޓާމިނަލް އެއްކޮށް ބޭނުންކުރަން ފެށޭނީ އަންނަ ސެޕްޓެމްބަރު ފަހުކޮޅުގައި ކަމަށެވެ. އެއީ ހުރިހާ އެއާލައިންތަކަކަށް ބޭނުންވާ ހިދުމަތްތައް ވެސް އާ ޓާމިނަލަށް އެއްކޮށް ބަދަލުކުރެވޭނެ ކަމަށް އަންދާޒާކުރައްވާ މުއްދަތެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހު ހުޅުވައިގެން ފުރަތަމަ ހިދުމަތް ދޭނީ ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓުތަކަށެވެ. އެއަށް ފަހު ނެރޯ ބޮޑީ އަދި އޭގެ ފަހުން ވައިޑް ބޮޑީ އެއާކްރާފްޓްތައް ގެންގުޅޭ އެއާލައިންތަކެއްގެ ހިދުމަތްތައް ވެސް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ އެވެ.

އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް
އާ ޓާމިނަލް: ގޮންޖެހުންތަކަކަށް ފަހު ހިތްގައިމު އުދުހިގަތުމެއް

އެ ހުރިހާ މަސައްކަތެއްގެ އިތުރުން އާ ޓާމިނަލަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމަށް ވެސް ހާއްސަ ތަމްރީނުތަކެއް ދީފައިވެ އެވެ. އެންމެ ޒަމާނީ ވަސީލަތްތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށްޓަކައި ވެސް މުހިއްމު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

"އެމްއޭސީއެލްގައި އޮތީ ވަރަށް ޓެލެންޓެޑް ޓީމެއް. އެ ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ މާހައުލަކާ ގުޅިގެން މަސައްކަތް ކުރެވޭނެ މެކޭނިޒަމެއް އަޅުގަނޑުމެން މި އެސްޓަބްލިޝް ކުރީ،" އެމްޑީ ވިދާޅުވި އެވެ.

އާ ޓާމިނަލާ އެކު، އެމްއޭސީއެލްއާ އިތުރު 1،000 މުވައްޒަފުން ވަނީ ގުޅިފަ އެވެ. އޭގެ މާނައަކީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 5،000 އަށް އެރުމެވެ.

އާ ޓާމިނަލްގެ މަސައްކަތް އެންމެ ފުރަތަމަ އޮތީ މިދިޔަ އަހަރުގެ ޕީކް ސީޒަނަށް ހުޅުވާށެވެ. އެކަމަކު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުން، އާ ޓާމިނަލެއް ހުޅުވުމަކީ ކުރިމަތިވި އަނެއް ބޮޑު ގޮންޖެހުމެވެ. ހިނގަމުންދަ އެއާޕޯޓެއްގެ ބައެއް ހިދުމަތްތަކަކީ، ކުޑަ ވަގުތު ކޮޅަކަށް ވެސް ހުއްޓާނުލެވޭނެ ފަދަ ހިދުމަތްތައް ކަމުން، މަސައްކަތް އަވަސް ކުރުމަށް ވެސް ދަތިތައް ދިމާވި އެވެ.

"ސަތޭކަ ޕަސެންޓު އޮޕަރޭޝަނަލް އެއާޕޯޓެއް ހިންގަމުން އަދި ޓާމިނަލް ހެދުން އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. އެއާ ސައިޑަށް އެކްސެސްއެއް ނުދެވޭނެ، އޮޕަރޭޝަނަލް އެއާޕޯޓެއްގައެއް. ފެންސް އޮފް ކުރަން ޖެހޭ. ވަކި އޭރިއާއެއް ނަގަން ޖެހޭ. ދެވަނަ ކަމަކަށް ލޭންޑް ސައިޑް ރޯޑްސް، މިހާރު ވެސް ކެނޑިނޭޅި މާފަށް އެދި އެދި މި ތިބޭނީ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބާ ޓާމިނަލަށް ދާ މީހުންނަށް އެކްސެސް ކަނޑާ ނުލައ، އާ ޓާމިނަލަށްވާ ލޭންޑް ސައިޑް ރޯޑު ހަދަމުން ދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އާ ޓަމިނަލްގެ ހިދުމަތް ފެށި ނަމަވެސް، ކުރިއަށް އޮތް އަށް މަސް ދުވަހަށް ބާ ޓާމިނަލް ބޭނުން ކުރާނެ އެވެ. އޭގެ ފަހުން، ޑޮމެސްޓިކް ޓާމިނަލަށް ކުރީގެ ޓާމިނަލްގެ ބައެއް ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.

އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސްވާނެ އެވެ.

އުނދަގޫ ދިގު ދަތުރަށް ފަހު އާ ޓާމިނަލްގެ މަސައްކަތް ނިންމާލުމަކީ، ޝަރީފާއި އޭނާގެ ޓީމަށް ލިބޭ އެންމެ ބޮޑު ކުރިއެރުމެވެ. ސަބަބަކީ، އެ ކުންފުނީގެ އާމްދަނީ ފުޅާކުރުމަށް އާ ދޮރުތައް ހުޅުވިގެން ދިއުމެވެ.