ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 1،500 ގޭމަރުންނާ އެކު ފަށަނީ
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 1،500 ގޭމަރުންނާ އެކު ފަށަނީ

ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ދިރާގު މޯލްޑިވްސް ގޭމިންގް ކޮންކުއެސްޓް (ޑީއެމްޖީސީ) 1،500 ގޭމަރުންނާ އެކު ފަށަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 31 ވަނަ ދުވަހުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް އޮންނާނީ ޣިޔާސުއްދީން އިންޓަނޭޝަންލް ސްކޫލްގަ އެވެ.

ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށްގެންދާ މި މުބާރާތުން ވަނަތައް ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 170،000ރ. ގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޗެމްޕިއަންޝިޕްގެ އެފްސީ 25 އަދި ރޮކެޓް ލީގް ޓޯނަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 27 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.

ޑީއެމްޖީސީ 2025 ގައި ހިމެނޭ މައިގަނޑު ގޭމިން މުބާރާތްތަކުގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. މި ގޮތުން، ޑީއެމްޖީސީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރޭސިން ސިމިއުލޭޓާ ޒޯން، ވާޗުއަލް ރިއާލިޓީ (ވީއާރް) ޒޯން، ފްރީ ޓު ޕްލޭ ޒޯނަކާ އެކު ބޯޑް ގޭމްސް ފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

މިއީ ގޭމް ކުޅުންތެރިންނަށް އަދި ގޭމިން އަށް ލޯބިކުރާ ފަރާތްތަކަށް ފޯރިގަދަ ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ފުރުސަތެކެވެ.