22 ޖުލައި 2025 - 17:01

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާވިސް އަށް ދާ ބަލިމީހުންނާއި އެ މީހުންގެ އެހީތެރިންނަށް މަރުހަބާ ކިޔައި، އެހީތެރިވުމަށް ހާއްސަ ވަޒީފާއެއް އުފައްދައި، އެ ވަޒީފާ އަށް 55 މީހަކު ހޯދަން އައިޖީއެމްއެޗުން އިއުލާންކޮށްފި އެވެ.
"ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓާ" ގެ މަގާމަށް ހޮވާ އެ މީހުންގެ އިންޓަވިއު މާދަމާ އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އިއުލާނުގައިވާ ގޮތުން މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
ވަޒީފާގެ ޝަރުތަކީ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ގްރޭޑް ހަތެއް ނިންމާފައިވުމާ އެކު، އެ ވަޒީފާއާ ގުޅޭ ދާއިރާއަކުން ހަތަރު އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުމެވެ
1- ހޮސްޕިޓަލަށް ދާ ބަލިމީހުންނާއި އެހީތެރިންނަށް މަރުހަބާ ކިޔުމާއި މަގުދެއްކުމުގައި އެހީތެރިވުން.
2- ކުރިމަތިވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީ، އެ ކަމެއް ހައްލުކޮށްދިނުން.
3- ފުރިހަމަ މައުލޫމާތު ދިނުން.
4- ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރުން.
5- އެކި ފަރާތްތަކުގެ ހިޔާލު އެއްކޮށް، ތަޖުރިބާތައް މޮނިޓާ ކުރުން.
6- އޯގާތެރިވުމާއި ހަމްދަރުދީވުމާއި ހިނިތުންވުމާ އެކު މުއާމަލާތް ކުރުން.
7- ހޮސްޕިޓަލްގެ ސިޔާސަތުތައް ހާސިލް ކުރުމަށް ކުރާ މަސައްކަތްތަކުގައި ފުރިހަމަ އަށް ބައިވެރިވެ އަދި ރަސްމީ މަސައްކަތުގެ ދާއިރާ އިން ހަވާލު ކުރާ ކަންކަން ކުރުން.
ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުން ސީވީ އާއި އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓުތަކާއި ވަޒީފާގެ ތަޖުރިބާގެ ސިޓީތައް ހުށަހަޅަން ޖެހެނީ[email protected]އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.