22 ޖުލައި 2025 - 08:54

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން *929# ސުޕަޑީލްސް ކެމްޕެއިނެއް ތައާރަފްކޮށްފި އެވެ.
މިކެމްޕެއިންގައި، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފާތަކެއް ލިބެ އެވެ. ސުޕަޑީލްތަކުގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައް ވެސް ހިމެނެ އެވެ. މި އޮފާތައް ލިބޭނީ *929# އަށް ޑައިލްކޮށްގެންނެވެ.
މި ޑީލްތަކަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ބެލުމަށް ފަހު ދޭ ހާއްސަ ޕާސަނަލައިޒްޑް އޮފާތަކެކެވެ. ސުޕަޑީލްގެ އޮފާތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް ޗާޖެއް ނުކުރާނެ އެވެ. އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ނަންބަރަކުން ވެސް މި އޮފާ ހޯދޭނެ އެވެ.
ސުޕަޑީލްތަކުގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ހާއްސަ ހަދިޔާތައް ވެސް ހިމެނެ އެވެ.
ކަސްޓަމަރުންނަށް *929# މެދުވެރިކޮށް އެކި ވަގުތު އެކި އޮފާތައް ލިބޭނެ އެވެ. ޑޭޓާ އެލަވަންސް ބޮޑުކުރުމާއި، އެޑް-އޮންތަކުން ޑިސްކައުންޓު ހޯދުން ފަދަ ޑީލްތައް ވެސް އޭގެ ތެރެއިން ލިބެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ *929# ސުޕަޑީލްއާއެކު ކަސްޓަމަރުންނަށް ލިބިގެންދާ ވެލިއު އިތުރުވެގެންދާނެ ކަމަށެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި ތަފާތު ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މި ސުޕަޑީލްތަކަކީ *929# އަށް ޑައިލް ކުރުމަށް ފަހު ބޭނުން އޮފާއެއް ހިޔާރުކުރުމުން ވަގުތުން އެކްޓިވޭޓުކުރެވޭނެ ޑީލްތަކެކެވެ.
އުރީދޫއިން ކަސްޓަމަރުންނަށް ހާއްސަކޮށް މިފަދަ ތަފާތު އޮފާތައް އަންނަނީ ތައާރަފްކުރަމުންނެވެ.