22 ޖުލައި 2025 - 07:39

ޓްރެވެލް ޓްރޭޓް މޯލްޑިވްސް (ޓީޓީއެމް)ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.
ދިވެހިރާއްޖޭގެ ލީޑިން ޓްރެވެލް ޓްރޭޑް ޝޯ، ޓީޓީއެމް އަކީ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތައް އަގުވަޒަންކުރާ އިވެންޓެކެވެ. އަންނަަ އޮގަސްޓް މަހުގެ 27 އަދި 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޓީޓީއެމްގެ 9 ވަނަ އެޑިޝަންގައި ޓީޓީއެމް އެވޯޑްސް ނައިޓާއި ގާލާ ނައިޓް އަދި ޓީޓީއެމް ކަނެކްޓް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ޓޫރިޒަމް ވާއިރު، އެ ދާއިރާ ކުރިއެރުވުމުގައި ބައިވެރިވުމަކީ ބީއެމްއެލް އިން އިސްކަން ދޭ ކަމެއް ކަމަށެވެ. އަދި ބީއެމްއެލްގެ އިތުބާރުކުރެވޭ މާލީ ހިދުމަތްތަކާ އެކު، :ޓްރެވެލް އެކްސްޕީރިއަންސް" އިތުރަށް ރަނގަޅު ކުރުމަށާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަކީ ބޭންކަށް ލިބޭ ފަހުރެއް ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލްއިން އިން އަންނަނީ ރިސޯޓް އަދި ގެސްޓް ހައުސް ފަދަ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ މާލީ ހިދުމަތްތައް ދިނުމާއި ސްޓްރެޓްޖިކް ޕާޓްނާޝިޕް ގާއިމުކޮށް މި ދާއިރާ ކުރިއެރުވުމަށް އެކިއެކި މަސައްކަތްތައް ކުރަމުންނެވެ.