20 ޖުލައި 2025 - 19:34

ސިނަމާލެ ބްރިޖުން ދަތުރުކުރި ބައެއްގެ ކަރުގައި ކަންވާރު އެޅި އަނިޔާވެފައިވާ ކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން "މިހާރު" އަށް ބުނީ ސިނަމާލެ ބްރިޖުން މާލެއިން ހުޅުމާލެއަށް ދާ ފަޅިން ސައިކަލުގައި ދަތުރުކުރި މީހެއްގެ ކަރުގައި ކަންވާރު ފަށެއް އެޅި އަނިޔާވެފައިވާކަމުގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އިތުރު މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގުޅުން ހުރި އިދާރާތަކާއެކު އަންނަނީ މަޝްވަރާކުރަމުން،" ފުލުހުން ބުންޏެވެ.
ބްރިޖުން ދަތުރުކުރި ބައެއްގެ ކަރުގައި ކަންވާރު އެޅި އަނިޔާވި އިރު، ބްރިޖުގެ އިތުރުން ހައިވޭގެ އެކި ހިސާބުތަކުގައި މޫދާ ކައިރީގައި ދޮއްޓާއި ކަންވާރު އޮޅާފައި އޮންނަ ފުޅި ހިފައިގެން މަސްބާނަން މީހުން ތިބުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.