20 ޖުލައި 2025 - 15:12

މިއަދު ފާހަގަކުރާ ނެޝަނަލް އައިސްކްރީމް ދުވަހާ ގުޅުވައިގެން އެމްއެޗްއޭއިން އެކި ބްރޭންޑުތަކުގެ އައިސްކްރީމްތަކުން ޑިސްކައުންޓް ދޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި، އެމްއެޗްއޭއިން ވިއްކާ އެކި ބްރޭންޑުތަކުގެ އެކި ސައިޒުގެ އައިސްކްރީމް ޓަބާއި ތަށިން އަދި އައިސްކްރީމް ސްޓިކްއިން 15 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އެ ޕްރޮމޯޝަނުގެ ދަށުން އެމްއެޗްއޭގައި ވިއްކާ ހާގެން ޑާޒް އާއި ނެސްލޭ އާއި ޖޯއި ޑޭ އާއި ކުއަންޓާ އާއި ލަންޑަން ޑެއިރީ އަދި އިގްލޫ ބްރޭންޑުގެ އައިސްކްރީމްއިން ޑިސްކައުންޓު ލިބޭނެ އެވެ. އެ ބްރޭންޑުތަކަކީ ދިވެހިންގެ ތެރޭގައި މަގުބޫލު، ތަފާތު ގިނަ ވައްތަރުތަކެއްގެ ފްލޭވާތައް ހިމެނޭ ބްރޭންޑުތަކެކެވެ.
އެމްއެޗްއޭގެ އައިސްކްރީމް ޑޭ ޕްރޮމޯޝަން އެމްއެޗްއޭގެ ހުރިހާ ރީޓެއިލް ފިހާރަތަކެއްގައި ކުރިއަށް ދާނެ އެވެ. އެމްއެޗްއޭގެ މާޓުތައް މާލޭގެ އޯކިޑްމަގާއި ފަރީދީމަގާއި އަދި މަޖީދީ މަގުގައި ހުރެ އެވެ. އޭގެ އިތުރުން ހުޅުމާލޭގެ ނިރޮޅުމަގާއި ރެއިން ކްރެސްޓް ރެޒިޑެންސްގައި ވެސް އެމްއެޗްއޭގެ ދެ ފިހާރައެއް ހުރެ އެވެ.