އެކްޓްކުރަން ފެށީ ކިޔަވާހިތް ނުވާތީ: ރަންބީރު ކަޕޫރު
އެކްޓްކުރަން ފެށީ ކިޔަވާހިތް ނުވާތީ: ރަންބީރު ކަޕޫރު

އެކްޓުކުރަން ފެށީ ކިޔަވާހިތް ނުވާތީ ކަމަށް ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރު ބުނެފި އެވެ.

ޑުބާއީގައި ބޭއްވި ގްލޯބަލް ޓީޗާޒް ޕްރައިޒް ގާލާގައި ޕާކިސްތާނު ބަތަލާ މާހިރާ ޚާންނާ އެކު ބައިވެރިވެ ވާހަކަ ދައްކަމުން ރަންބީރު އޭނާގެ ހަޔާތާ ގުޅޭ މުހިންމު ވާހަކަތަކެއް ކިޔައިދިނެވެ.

"ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަހަރެން އެކްޓަރަކަށް ވީ އަހަރެންގެ މައިންބަފައިން (ރިޝީ ކަޕޫރާއި ނީތޫ ސިންގް) އަކީ އެކްޓަރުންނަށް ވާތީ ކަމަށް. ނަމަވެސް ހަގީގަތަކީ އެއެއް ނޫން. އަހަރެން އެކްޓަރަކަށް ވާން ބޭނުންވި ހަގީގީ ސަބަބަކީ ކިޔަވާހިތް ނުވުން،" ރަންބީރު ބުންޏެވެ.

ނުކިޔަވަން ބަހަނާ ދެއްކުމުގެ ގޮތުން. އެގޮތުން ވަރަށް ކުދި ކުދި ރޯލުތައް ވެސް ފަށައިގަތްތަ ކުރީކޮޅު އަހަރެން ކުޅުނިން. ތިއޭޓަރުގައި ކުޅޭ ބައެއް ތަމްސީލުތަކުގައި ވެސް ވަރަށް ކުޑަ ރޯލުތައް ކުޅެފައި ހުންނާނެ. އެއީ ސްކޫލަށް ގޮސް ކްލާހުގައި ނީންނަން މަކަރު ހަދަންވެގެން ކުރި ކަންތައްތަކެއް،" ރަންބީރު ބުންޏެވެ.

އޭނާގެ ހަޔާތުގައި ދިމާވި އެންމެ މުހިއްމު ދެ ޓީޗަރުންނަކީ އޭނާ ދެ ވަނަ ގްރޭޑްގައި އުޅުނުއިރު ހިންދީ ބަސް ކިޔަވައިދޭން އައި ކަންނާ ކިޔާ ޓީޗަރަކާއި ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ކަމަށެވެ.

"ބާންސާލީ އަހަރެންގެ ގައިގައި ހުރި ހުނަރުތައް ނަގާ އަހަރެން ރަނގަޅު އެކްޓަރަކަށް ހެދީ. ފިލްމާ ބެހޭ ގޮތުން މިއަދާ ހަމައަށް ވެސް އަހަންނަށް އެނގިފައިވާ ހުރިހާ އެއްޗެއް ދަސްކޮށްދިނީ ވެސް ބާންސާލީ. އަހަރެންނަށް ތަޖުރިބާ ކުރެވުނު އެންމެ ރަނގަޅު ދެ ޓީޗަރުންނަށް އެމީހުން ވީ އަހަރެންގެ ހުރި ކުޅަދާނަކަމާއި ގާބިލްކަން ދެނެގަތީ އެމީހުން ކަމަށް ވާތީ،" އޭނާ ބުންޏެވެ.

ކިޔަވާ ކުއްޖެއްގެ ގޮތުގައި ވެސް އަދި އެކްޓަރެއްގެ ގޮތުން ވެސް ފަށައިގަތް ދުވަސްކޮޅު އެހެން ގިނަ ޒުވާނުންނެކޭ އެއްގޮތަށް ރަންބީރަށް ވެސް ބައެއް ފަހަރަށް މަގު އޮޅުނު ކަމަށް ބުންޏެވެ.

"އެފަދަ ގޮތަކަށް ހުރި ދުވަސްވަރު ރަނގަޅު ޓީޗަރެއްގެ އިރުޝާދު ނުލިބުނު ނަމަ އަހަރެންގެ ހުނަރާއި ގާބިލްކަން އެހެން މީހުންނަކަށް ދެނެއެއް ނުގަނެވުނީސް،" ރަންބީރު ބުންޏެވެ.