19 ޖުލައި 2025 - 18:38

މާލޭގައި މީހަކަށް ތޫނު އެއްޗަކުން މީހަކަށް ބިރު ދައްކައި، ތަނަކަށް ވެއްދުމަށްފަހު އެކައުންޓުގައި ހުރި 200ރ. ރޭ ފޭރިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހެންވެއިރު، ލޮނުޒިޔާރަތްމަގުގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ރޭ 11:57 ހާއިރު ލިބުނު ކަމަށެވެ. އެހެންވެ، އެ ސަރަހައްދަށް ދިޔައިރު، ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބި ކަމުގެ މައުލޫމާތު ލިބުމުން، އެ ގެއަށް ފުލުހުން ވަންނަން އުޅުމުން ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގާފައިވާ ކަމަށް ބުންޏެވެ.
އެހެންވެ، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަމުގެ ތުހުމަތުގައި، ބާރުގެ ބޭނުންކޮށްގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލުޖެއިން މުހައްމަދު، 23، އަދި ހ. ކަނޑުފިނިގެ، މުހައްމަދު ޝަފީއު، 55، އެވެ.
އޮފިޝަލް ވިދާޅުވީ އެ މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށާއި އަދި ފުލުހަކަށް ވެސް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން އަންނަނީ ފޭރުނު މައްސަލަ އާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ، ވަކި ދެ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.